09 ޑިސެމްބަރ 2018
ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ތެރޭގައި ހިނގާ ޚިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވާލާ ފަރާތްތަކަށް (ވިސްލް ބްލޯކުރާ ފަރާތްތައް) ހިމާޔަތް ދިނުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި މިހާރަކު ނެތެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިިޔާސީ ވައުދެކެވެ.
ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިއިރު، ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމްގެ މައްޗަށް ވަނީ ޖިނާއީ ދައުވާކޮށް، ކުށް ސާބިތުވެފަ އެވެ.
ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާކޮށް، ގާސިމްގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވިޔަސް ހުކުމުގެ މުއްދަތު ހަމަވުމުން އޭނާ މިދިޔަ އަހަރު ވަނީ މިނިވަންވެފަ އެވެ. އޭނާ އަށް ދައުވާކޮށް، ޖަލަށްލި މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ފައިސާތައް ހޯދައި، ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާއިރު، ކޮރަޕްޝަނާ ދުރުގައި ތިއްބެވުމަށް ވަޒީރުންނަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
ވިސްލްބްލޯ ކުރުމާ ގުޅޭ ބިލް މަޖިލިހުން ފާސްކޮށްފި
ކޮރަޕްޝަން ހާމަކުރާ މީހާ އަށް ފިޔަވަޅު އަޅާނަމަ ޖަލަށް
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ހިޔާނާތް ބަލަން މަޖިލިހުގެ ބާރު ބޭނުންކުރާ ތަން ނުފެނޭ
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ޚިޔާނާތުގެ ފައިސާ ނެގި އެންމެންނަށް ދައުވާކުރަން އެދެފި
ޚިޔާނާތުގައި ބައިވެރިވި ވަޒީރުން ދުރަށް ދާންޖެހޭ:އާޒިމް
ވިސްލްބްލޯ ކުރުމާ ގުޅޭ ބިލް ރައީސް ތަސްދީގުކުރައްވައިފި
ބޮޑު ޚިޔާނާތާ ގުޅިގެން ޖޮއިންޓް ތަހުގީގަކަށް ދަނީ
ކޮރަޕްޝަން ފެތުރޭ ސަބަބު ދެނެގަނެ، ހައްލު ހޯދަންޖެހޭ