އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ލިބިފައި އޮތް ބޮޑު އަޣުލަބިއްޔަތުގެ ބޭނުންކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
26 އެޕްރީލް 2021
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ލިބިފައި އޮތް ބޮޑު އަޣުލަބިއްޔަތުގެ ބޭނުންކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތް ފުރަތަމަ ބަހުސްގެ ތެރެއަށް އެމްއެމްޕީއާރުސީގެ ވާހަކަ އައުމުން އެ ވާހަކައިގައި ބައިވެރިވެވަޑައިގެން އީވާ ވިދާޅުވީ، އެކިއެކި ބޭފުޅުންނަށް ފާޑުފާޑުގެ ތުހުމަތު ކުރަމުން ދިއުމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން މުހިއްމުވާ ސަބަބެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) އަށް ކުރާ ތުހުމަތެވެ.
"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވަނީ އަބަދު ތިމަންނާއާ ދިމާލަށް އެމްއެމްޕީއާރުސީ ވަގޭ، އެމްއެމްޕީއާރުސީ ވަގޭ އެބަ ގޮވައޭ. އެހެން ތިމަންނަގެ ހައްގަކަށް އަރައެއް ނުގަނެވޭނެއޭ،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މީހުންނަށް ތުހުމަތު ކުރަން ޖެހޭނީ ތަހުގީގީ މުއައްސަސާތަކުން އެ މައްސަލަ ރަނގަޅަށް ބެލުމަށް ފަހު ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުސް އޮފީހާއި ރިޔާސީ ކޮމިޝަނަކީ އީވާ ވިދާޅުވި ގޮތުހައި އެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ތަންތަނެވެ.
ހަސަން ލަތީފު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި އޮތީ ދައުލަތުގެ މަގާމުތަަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ހިޔާނާތް ހިނގި އިރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ވަކިން ބެލުމަށެވެ.
"އިއްޒަތްތެރި ރައީސް ހިތާމައާއެކު ދަންނަވަން ޖެހެނީ އަޅުގަނޑަކަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް މިކަން ބަލަން ބޭނުންކުރާ ތަނެއް ނުފެނެއޭ. ބުނެވޭކަށް ނެތް، ރައްޔިތުންގެ މަޖިލީހުން ވެސް ފުރިހަމަ އެެއްބާރުލުން ދީފިއޭ އެމްއެމްޕީއާރުސީ މައްސަލަ ބަލާކަށް،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ މައްސަލަ އަށް އިސްކަން ނުދޭތީ ކަންބޮޑުވުމާއެކު އީވާ ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުން އެކަން ނުބެލިގެން އުޅެނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ނޫޅުއްވައިގެން ނޫން ކަމަށް އީވާ ވިދާޅުވި އެވެ. އެކަމުގައި އެ މަނިކުފާނަށް ކުރެއްވެން އޮތް ހުރިހާ މަސަައްކަތްޕުޅެއް ކުރައްވާފައިވާ ކަމަށާއި އެކަމަކު، މަޖިލީހުގެ ކޮމިޓީތަކާއި ތަޅުމާ ހިސާބުގައި ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހުއްޓޭކަން އެއީ މިހާރު އޮޅުވައިލެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ދެ ހަފުތާ ތިން ހަފުތާ ވަނީ މިހާރު މިކަމެއް މިތަނަށްް ލައިގެން ނުހިނގައިގެން އުޅޭތާ،" އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި އޮތީ ދައުލަތުގެ މަގާމުތަަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ހިޔާނާތް ހިނގި އިރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ވަކިން ބެލުމަށެވެ.
އީވާ ވިދާޅުވީ އެކަމަށް ތާއީދުކުރައްވާ ކަމަށާއި އެެއީ ރައްޔިތުންގެ މަންދޫބުންނާއި އެ މީހުންގެ މައްޗަށް ވެރިކަންކުރަން ތިބި މީހުން ހިޔާނާތްތެރިވެފައި ވޭތޯ ބެލުމަކީ ރައްޔިތުން ހާއްސަ ސަމާލުކަމެއްދޭ ކަމަކަށް ވާތީ ކަމަށެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑު މި ދަންނަވަނީކީ އެއްކަލަ އެމްއެމްޕީއާރުސީ ވައްކަމުގައި ވައްކަންކުރި ވިޔަފާރިވެެރިންނާއި އެ މީހުންތަކުގެ މައްސަލަ ނުބަލާށެކޭ ނޫން. ބަލަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގައި މަޖިލީހުގެ މެމްބަރުންގެ އިހުލާސްތެރިކަން ހުރިކަން ދެން ދެއްކޭނެ ގޮތަކީ މަޖިލީހަށް އޮތް ބާރުތައް އެކަމުގައި ބޭނުންކޮށްގެން ކަމަށް އީވާ ވިދާޅުވި އެވެ. އެގޮތުން، މަޖިލީހަށް ހޯދެން އޮތް މައުލޫމާތެއް ހޯދައިގެން ހާމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ދެ ހަފުތާ ތިން ހަފުތާ ވަނީ މިހާރު މިކަމެއް މިތަނަށްް ލައިގެން ނުހިނގައިގެން އުޅޭތާ،" --- އީވާ
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ ބެލޭނެ ކަމަށާއި އެކަމުގައި ބައެއް މެމްބަރުންގެ ގޮނޑިވެސް ގެއްލިދާނެކަމަށެވެ،
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު، އޭނާއަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުތައް ކުރައްވާ ކަމަށް ވިދާޅުވެ، އެކަމުގައި ނަޝީދަށް ރައްދު ދެއްވުމުން، އުފެދުނު ދެބަސްވުމެއްގައި އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަަތުގައި އިންނަވާ ކަމަށް ވަންޏާ އެމްއެމްޕީއާރުސީ މައްސަލަ ނުބަލައި ދޫކޮށްލިޔަ ނުދެއްވާނެ ކަމަށެވެ.
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ޚިޔާނާތުގައި ބައިވެރިވި ވަޒީރުން ދުރަށް ދާންޖެހޭ:އާޒިމް
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު
ވިސްލްބްލޯ ކުރުމާ ގުޅޭ ބިލް މަޖިލިހުން ފާސްކޮށްފި
ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލަރެންސް: ރައީސް
ހިޔާނާތުގެ ރަށްތައް އަތުލެވޭކަށް ނެތް, ހަމަ އަގު ހޯދޭނެ؟
ސަރުކާރާ ޖައްސާލަނީ އޭ ހީކުރަންޏާ 2023 އުނދަގޫވާނެ