އެމެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިބި މީހުން މިހާރުން މިޙާރަށް ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިރޭ ހުށަހަޅުއްވައިފި އެވެ.
10 މެއި 2021
އެމެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިބި މީހުން މިހާރުން މިޙާރަށް ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިރޭ ހުށަހަޅުއްވައިފި އެވެ.
ހިޔާނާތުގެ ތުހުމަތުވާ މީހުންގެ ލިސްޓް ދިރާސާކުރަން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ލިސްޓްގައިވާ ފަރާތްތަކަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ކޮމިޓީން މަޖިލީހަށް ރިކޮމެންޑްކުރަން ޖެހޭ ކަަމަށެވެ. އޭނާ ވިދާާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނާ ކޮމިޓީން ބައްދަލުކުރި އިރު، ކޮމިޝަނުން ވެސް އެގޮތަށް ލަފާ ދިން ކަމަށެވެ.
"ތަހުގީގު ކުރިއަށް ދާއިރު ވެސް ނުވަތަ ޕްރޮސެކިއުޝަންގެ މަރުހަލާގައި ކުރިއަށް ދާއިރު ވެސް ކަރެކްޓިވް އެކްޝަން ނަގަންވީއޭ ތަހުގީގު ކުރިއަށް ދާއިރު ވެސް ކޮންމެހެން ހުކުމް އަންނަންދެން މަޑުކުރާކަށް ނުޖެހޭނެއޭ އެއްބައި ކަންކަމުގައި. މިސާލަކަށް ބޮޑު މަގާމެއްގައި ހުރި މީހެއް، ވަކިކުރެވޭ، މަސައްކަތުން ދުރުކުރެވޭ ވަރު މަގާމެއްގައި ހުރި މީހެއް މިވަރުގެ ހިޔާނާތެއްގައި ބައިވެރި ވެފައި އޮތިއްޔާ އަޅުގަނޑުމެން ޖެހޭނެ ސަޖެސްޓްކުރަން، ރިޕޯޓްގެ ރިކޮމެންޑޭޝަނަކަށް ވާން ޖެހޭނޭ މިހާރުން މިހާރަށް ވެސް މަސައްކަތުން ދުރުކުރަން،" އީވާ ވިދާޅުވި އެެވެ.
އީވާ އަށް ތާއީދުކުރައްވައި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު މިހާރު ވެސް އެކަށީގެންވާ ވަރަށް ވުރެ ލަސްވެފައިވާ ކަމަށާއި، ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުން މަގާމުތަކުގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ ނުނިމި ލަސްވަމުންދާއިރު އެ މީހުން މަގާމުތަކުގައި ތިބުމުން ނުކުންނަ ނުރަނގަޅު އެހެން އެތައް ނަތީޖާއެއް ހުންނާނެ ކަމަށެވެ.
"އެ މީހުންނަކީ އެ މީހުންގެ މަގާމުގެ ހައިސިއްޔަތުން އެތައް އެތައް މައުލޫމާތެއް ލިބޭ ބައެއް އަދި އެތައް ނުފޫޒެއް ދައުލަތުގެ އޮނިގަނޑުގެ ތެރެއަށް ފޯރުވުމުގެ ފުރުސަތު އޮންނަ ބައެއް،" ހިސާން ވިދާޅުވި އެވެ.
އެކަންތައްތައް އިސްލާހުކުރަން އަޅަަން ޖެހޭ ފިޔަވަޅުތައް މަޖިލީހުން އަވަސްކުރަން ޖެހޭ ކަަމަށާއި ތަހުގީގު އަވަސްކުރަން ކޮމިޝަނަށް ނާންގާތީ ތިބެވޭކަށް ނެތް ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނާ އެކު ކޮމިޓީއާ ހަވާލާ ދެއްވައި ހިސާން ވިދާޅުވީ ލިސްޓްގައި އޮތް ބައެއް ފަރާތްތަކާ ދެކޮޅަށް ހިޔާނާތާ ގުޅިގެން ޖިނާއީ ދައުވާ ނުކުރެވުނަސް، އެމީހުންނަށް ލިބުނު ފައިސާ ހޯދަން ދައުވާ ކުރެވޭނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާއިން ނާޖާއިޒް މުއްސަނދިކަން ހޯދި ފަރާތްތަކުގެ އަތުން ފައިސާ އަނބުރާ ހޯދަން ކުރާ މަސައްކަތް ވެސް މަޖިލީހުން އަވަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި ކުރިން ތިބި ފަރާތްތަކަކީ އެކަމުގައި އެންމެ އިސްކަންދޭ ފަރާތްތަކަށް ވާން ޖެހޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓްގަައި ނަންތައް ހިމަނާފައިވާ ގޮތާ ބެހޭ ގޮތުން އެ ކޮމިޝަނާ ހަވާލާދެއްވައި އީވާ ފަހުން ވިދާޅުވީ އެ ލިސްޓްގައި ހުރި މީހުންގެ ކުށެއް ނެތްކަމަށް ކޯޓަކަށް ފަހުން ސާބިތުވި ނަމަވެސް، އެ މީހުންގެ ނަންތައް ލިސްޓަށް ލާފައި ވަނީ އެކަށީގެންވާ ސަބަބު އޮތުުމުން ކަމަށެވެ. ކޮމިޓީ ރިޕޯޓްގައި ވެސް އެކަން ފާހަގަކުރަން އޭނާ ހުށަހެޅުއްވި އެވެ.
ތަހުގީގީ އިދާރާތަކުން މަޖިލީހަށް ފޮނުވި ލިސްޓްގައި ޖުމްލަ 281 ނަމެއް އެބައޮތެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ބުނެފައި އޮތީ އެ ލިސްޓްގައި ހިމެނެނީ 267 ފަރާތެކެވެ. އެ ލިސްޓް ދިރާސާކުރުމުގެ މަސައްކަތް ޖޮއިންޓް ކޮމިޓީން އަންނަނީ ކޮންމެ ދުވަހަކު ވެސް ކުރަމުންނެވެ. ކޮމިޓީގެ ބައްދަލުވުން މިއަދު ނިންމައިލި އިރު މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ދެން ބާއްވާ ބައްދަލުވުމެއްގައި ކޮމިޓީގެ ރިޕޯޓް ފައިނަލް ކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް
ހިޔާނާތު ލިސްޓަށް ފިޔަވަޅުއަޅަން އަންގަން ފާސްކޮށްފި
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ
ހިޔާނާތުގެ ހެކި ހޯދަން ހިންގާ އޮޕަރޭޝަން އަދި ނުނިމޭ
ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބަޔަކު އުޅޭ: އިލްޔާސް
"ފައިސާ ގޯނި" އޯކޭ! ސަރުކާރާ ކުޅެން އުޅުން ގޯސް!
ލިސްޓަށް ބަދަލު އަންނާނެ ކަމަށް ކޮމިޝަނުން ބުނި
ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް
ހިޔާނާތުގެ ލިސްޓްގައި އެމްޑީޕީގެ އިސް ހަ ބޭފުޅެއް
ހިޔާނާތުގެ ލިސްޓް އިރުކޮޅަކުން އާންމުކުރާނެ