ކ. ހުރާގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
09 ޑިސެމްބަރ 2018
ކ. ހުރާގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅު އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އެރަށު މީހަކާ އިނދެގެން ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ. އެކަން ފުލުހުން ވެސް ކަށަވަރުކޮށް ދެއްވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ހައްޔަރު ކުރި މީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރާގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ. އެކަމަކު، އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އަދި މިނިސްޓްރީން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ 45-50 އަހަރާއި ދެމެދުގެ މީހެކެވެ.
ހުރާ އިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައި ދިން ގޮތުގައި، ކުޑަ ކުއްޖާ އަށް ފިރިހެން މީހާ ޖިންސީ ގޯނާ ކުރީ މޫދަށް ދިޔަ ދުވަހެއްގަ އެވެ. އަދި އެ ކުއްޖާ އަށް އަނިޔާތަކެއް ލިބިގެން، ޑޮކްޓަރަށް ދައްކައި ޓެސްޓްތަކެއް ހެދި އިރު، ފުރަތަމަ އެ ކުއްޖާ އެކަން ސިއްރު ކުރީ ކަމަށް އޭނާ ބުންޏެވެ.
"ފިރިހެން މީހާއަކީ އެ ކުއްޖާ ދިރިއުޅޭ ގެއާ ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ މީހެއް. އެ ދުވަހު އެ ކުއްޖާގެ އިތުރުން، އެ މީހާގެ 12 އަހަރުގެ އަންހެން ދަރިފުޅު ވެސް ގޮވައިގެން ދިޔައީ. އެކަން ހިނގި ފަހުން އެ ކުއްޖާ އެމީހާ ކައިރީ ބުނި ކަމަށް ވަނީ ތަދުވާ ވާހަކަ. އެކަމަކު އެ ފިރިހެން މީހާ ބުނީ އެކަން އެނގޭނީ އެ ކުއްޖާއަށާއި ތިމަންނައަށޭ. އިތުރު ބަޔަކަށް އަންގާނެ ކަމެއް ނެތޭ،" މައުލޫމާތު އެނގޭ މީހާ ކިޔައި ދިނެވެ.
"ފަހުން، އަންހެން ކުއްޖާގެ ރައްޓެހިން ކުދި ބައެއްގެ ކައިރީގައި އެ ވާހަކަތައް ދެއްކީމަ، އެ ކުދިން ގޮސް ކުއްޖާގެ މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައި ދިނީ."
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވެފައިވާ އިރު، މިނިސްޓްރީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން 418 މައްސަލައެއް ހުށަހެޅި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އެކަން ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!
އަނެއްކާވެސް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި