Roadha Mihaaru
އަނެއްކާވެސް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ފަސް އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

18 ޖެނުއަރީ 2020

ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ފުލުހުން ބުނީ އުމުރުން 56 އަަހަރުގެ ދިވެހި ފިރިހެނަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނުކުރާކަމެއް ފުލުހުން އަދި ނުބުނެ އެވެ. އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ފަސް އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަން ފަށާފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ރޭޕްގެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެ ރަށުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ ބަންދަށް އެ އަތޮޅު ގެމަނަފުށީ ކޯޓުން 15 ދުވަސް ދީފައި ވާއިރު، މައްސަލަ ތަހުގީގުކުރުމަށް މާލެ ގެނެސް މިހާރު ވަނީ ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ.

މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކުއްޖާގެ ބައްޕަ ރޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

ގއ. ކަނޑުހުޅުދޫގައި ރޭޕްގެ ޝިކާރައަށްވި ދެ އަހަރުގެ އަންހެން ކުއްޖާ އަށް އިންސާފު ހޯދައިދީ ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބަލައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ އެދިވަޑައިގެންފަ އެވެ.