Roadha Mihaaru
ނޫސްވެރިޔާގެ ފަހު ބަސް: އަހަންނަކަށް ނޭވާއެއް ނުލެވޭ

ނޫސްވެރިޔާގެ ފަހު ބަސް: އަހަންނަކަށް ނޭވާއެއް ނުލެވޭ

10 ޑިސެމްބަރ 2018

ވޮޝިންޓަން (ޑިސެމްބަރު 10) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ފަހު ބަހަކީ "އަހަންނަކަށް ނޭވާއެއް ނުލެވޭ" ކަމަށް ސީއެންއެން އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 10) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ފަހު ބަހަކީ "އަހަންނަކަށް ނޭވާއެއް ނުލެވޭ" ކަމަށް ސީއެންއެން އިން ބުނެފި އެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ ސީއެންއެން އިން ބުނެފައި ވަނީ ޚާޝުގްޖީގެ އެންމެ ފަހު ވަގުތު ކޮޅުގެ އޯޑިއޯ ރެކޯޑިން އިން އެނގޭ ގޮތުގައި އޭނާ މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށެވެ.

ވޮޝިންޓަން ޕޯސްޓަށް ކޮލަމް ލިޔަމުން ދިޔަ ނޫސްވެރިޔާ ޚާޝުގްޖީ މަރާލީ ތުރުކީގެ އިސްތަންބޫލްގައި ހުންނ ސައުދީ ކޮންސިއުލޭޓުގައި މިދިޔަ އޮކްޓޯބަރު މަހު 2 ވަނަ ދުވަހު އެވެ.

ސީއެންއެން ބުނެފައި ވަނީ ރެކޯޑިން އިންގެ އަޑުތަކުން އެނގޭ ގޮތުގައި ޚާޝުގްޖީގެ ހަށިގަނޑު ކީހާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެ ރެކޯޑިން އެމެރިކާގެ ސީއައިއޭ އަށް ވެސް ލިބިފައިވާ ކަމަށްވެ އެވެ.

ތުރުކީން ބުނެފައި ވަނީ ޚާޝުގްޖީ މަރާލާފައި ވަނީ ސައުދީން ދިޔަ 15 މީހުންގެ ޓީމަކުން ކަމަށެވެ. ސައުދީން ބުނެފައި ވަނީ ޚާޝުގްޖީގެ މަރުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.