Roadha Mihaaru
ކެނެޑާގެ ދެ މީހުން ޗައިނާ އިން ވެސް ހައްޔަރުކޮށްފި

ކެނެޑާގެ ދެ މީހުން ޗައިނާ އިން ވެސް ހައްޔަރުކޮށްފި

13 ޑިސެމްބަރ 2018

ބެއިޖިން (ޑިސެމްބަރު 13) - ވާވޭ ކުންފުނީގެ އިސްވެރިއަކު ކެނެޑާގައި ހައްޔަރު ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް ކެނެޑާގެ އިސް ދެ މީހަކު ޗަައިނާ އިން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޑިސެމްބަރު 13) - ވާވޭ ކުންފުނީގެ އިސްވެރިއަކު ކެނެޑާގައި ހައްޔަރު ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް ކެނެޑާގެ އިސް ދެ މީހަކު ޗަައިނާ އިން ހައްޔަރުކޮށްފި އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއްގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި އެކަކީ ވިޔަފާރިވެރިއެއް ކަމަށްވާ މައިކަލް ސްޕަވޯ އެވެ. އޭގެ ކުރިން ވަނީ ޑިޕްލޮމެޓެއް ކަމަށްވާ މައިކަލް ކޯވްރިގް ހައްޔަރުކޮށްފަ އެވެ.

ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ ހައްޔަރު ކުރުމާ ގުޅިގެން ޗައިނާގެ ނުރުހުން ވަނީ ކެނެޑާ އަށް އަމާޒުކޮށްފަ އެވެ. އެކަމަކު ކަފާލާތުގެ ދަށުން މިހާރު ވަނީ ވަންޒޫ ދޫކޮށްލައިފަ އެވެ. އެކަމަކު އޭނާ އެމެރިކާއާ ހަވާލުކޮށްފާނެ ކަމުގެ ބިރު ބޮޑެވެ.

ސްޕަވޯ އަކީ ޗައިނާ އާއި ނޯތު ކޮރެއާ ގުޅޭ ބޯޑަރުގައި އޮންނަ ޑަންގޮންގައި ވިޔަފާރި ކުރާ މީހެކެވެ. ނޯތު ކޮރެއާ ސަރުކާރާ އޭނާއާ ގާތްގުޅުމެއް އޮންނަ ކަމަށްވެ އެވެ. ކުރީގެ ޑިޕްލޮމެޓް ކޮވްރިގް މިހާރު މަސައްކަތް ކުރަނީ އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގަ އެވެ.

ކެނެޑާ އިން ދަނީ އެ ދެ މީހުން ހައްޔަރު ކުރި ސަބަބު ހޯދަން މަސައްކަތް ކުރަމުންނެވެ.