12 ޑިސެމްބަރ 2018
ވެންކޫވާ (ޑިސެމްބަރު 12) - ކެނެޑާ އިން ހައްޔަރު ކުރި ޗައިނާގެ ވާވޭ ކުންފުނީގެ އެގްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ ކަފާލާތުގެ ދަށުން އެ ގައުމުގެ ކޯޓުން ދޫކޮށްލައިފި އެވެ.
ވެންކޫވާ (ޑިސެމްބަރު 12) - ކެނެޑާ އިން ހައްޔަރު ކުރި ޗައިނާގެ ވާވޭ ކުންފުނީގެ އެގްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ ކަފާލާތުގެ ދަށުން އެ ގައުމުގެ ކޯޓުން ދޫކޮށްލައިފި އެވެ.
ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްޔަރު ކުރީ މި މަހު 1 ވަނަ ދުވަހު ވެންކޫވާ އެއާޕޯޓުންނެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް އީރާނާ އެކު ވިޔަފާރި ކުރުމެވެ.
ވެންކޫވާގެ ކޯޓަކުން ވަންޒޫ ދޫކޮށްލީ 7.4 މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުންނެވެ. އޭނާ ދޫކޮށްލި ނަމަވެސް 24 ގަޑިއިރު މޮނިޓާ ކުރަމުން ގެންދާނެ އެވެ. އަދި ފައިގައި އިލެކްޓްރޯނިކް ޓެގް ހަރު ކުރާނެ އެވެ.
ކަފާލާތުގެ ދަށުން ވަންޒޫ ދޫކޮށްލުމުގެ ތިން ދުވަހުގެ ޝަރީއަތުގެ އޭނާގެ ވަކީލުން ބުނެފައި ވަނީ ދޫކޮށްލި ނަމަވެސް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށެވެ. ވަންޒޫ ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ ފެބްރުއަރީ 6 ވަނަ ދުވަހު އެވެ.
ބަންދުގައި ހުރި އިރު ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ ވަންޒޫ ވަނީ ބަޔާނެއް ނެރެފަ އެވެ.
ވަންޒޫ، 46، އަކީ ވާވޭ ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅެވެ.
ކެނެޑާއާ ދެކޮޅަށް ވާވޭގެ ސީއެފްއޯ ކޯޓަށް
ޗައިނާގައި އައިފޯން ވިއްކުން މަނާކޮށްފި
ވާވޭގެ ވެރިޔާ ހައްޔަރު ކުރުމުގައި ސިޔާސީ ކަމެއް ނެތް
ޗައިނާ އާއި ކެނެޑާ އިން ޑިޕްލޮމެޓުން ބޭރުކޮށްލަނީ
ޗައިނާގެ މުވާސަލާތީ ސާމާނު ގަތުން އެމެރިކާ ހުއްޓާލަނީ
ކްރިޕްޓޯ ވިޔަފާވެރިޔަކު އެންމެ މުއްސަނދި މީހުންގެ ލިސްޓަށް
ވާވޭގެ ފަތްޖެހޭ ފޯނު ޗައިނާގެ މާކެޓަށް ނެރެފި
ޗައިނާގެ ފޯނުތައް ބޭނުން ނުކުރަން ލިތުއޭނިއާއިން އެދެފި
ވިޔަފާރިން ގެއްލުނު މަގާމު އަލުން ހޯދާނަން: ވާވޭ
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން