Roadha Mihaaru
ހިތްހަމަޖެއްސުން، އުމުރުން ދުވަސްވާ މީހުންނަށް އެހީއެއް

ހިތްހަމަޖެއްސުން، އުމުރުން ދުވަސްވާ މީހުންނަށް އެހީއެއް

16 ޑިސެމްބަރ 2018

އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ތަޖުރިބާކާރުން އަބަދުވެސް ދޭ އިރުޝާދަކީ ހަރަކާތްތެރިކޮށް އުޅޭށެވެ. އެގޮތުން އުމުރުން ދުވަސްވާ ވަރަކަށް، ވަކިން ހާއްސަކޮށް އިޖުތިމާއީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހޯދުން މުހިއްމު ކަމަށާއި އެއީ ސިއްހީ ގޮތުން ދިމާވާ އެކި މައްސަލަތަކުން ދުރުކޮށްދޭ ކަމެއް ކަމަށް ވެސް އިރުޝާދު ދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ތަޖުރިބާކާރުން އަބަދުވެސް ދޭ އިރުޝާދަކީ ހަރަކާތްތެރިކޮށް އުޅޭށެވެ. އެގޮތުން އުމުރުން ދުވަސްވާ ވަރަކަށް، ވަކިން ހާއްސަކޮށް އިޖުތިމާއީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހޯދުން މުހިއްމު ކަމަށާއި އެއީ ސިއްހީ ގޮތުން ދިމާވާ އެކި މައްސަލަތަކުން ދުރުކޮށްދޭ ކަމެއް ކަމަށް ވެސް އިރުޝާދު ދެ އެވެ.

އެކަނިވެރިކަމާއި އެކަހެރި ދިރުއުޅުމެއް އުޅެން ވެއްޖެ ނަމަ ނަފުސާނީ ގޮތުން ވެސް މީހާ އަށް ލިބޭ ގެއްލުންތައް ބޮޑު ވާނެ އެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަން (ޔޫއެލްސީ) ގެ ދިރާސާއެއްގައި ބުނި ގޮތުގައި 50 އިން މައްޗަށް ދާ ފަހުން ގިނަ މީހުންނަށް ޑިޕްރެޝަން ފަދަ ނަފުސާނީ މައްސަލަ ތަޖުރިބާ ކުރަން ޖެހެ އެވެ.

އެހެންވެ މިފަދަ ސިއްހީ މައްސަލަތަކާ ދުރުވާން ކުރެވިދާނެ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރީ ސިނަމާ އާއި މިއުޒިއަމް ފަދަ ތަންތަނަށް ޒިޔާރަތް ކުރުމެވެ. އޭރުން ޑިޕްރެޝަން ކަހަލަ އުނގަދޫތަކުން މީހާ ދުރުކޮށް ދޭން ބާރުއަޅާ ކަމަށް، ބައެއް އިލްމުވެރިން ލަފާދެ އެވެ.

ބްރިޓިޝް ސައިކިއަޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ "ކަލްޗުރަލް އެކްޓިވިޓީޒް" އިން މީހާ ދުރުކޮށްދެނީ ހަމައެކަނި ހާސްކަމާއި ފިކުރުތަކާއި ނުތަނަވަސްކަމުން ނޫން ކަމަށެވެ. ހަމައެއާ އެކު އެފަދަ ކަންކަމުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު ދޭދޭ މީހުންގެ މެދުގައި އުފެދޭ ގުޅުންތަކުގެ ސަބަބުން ވެސް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށް ދެ އެވެ.

"މިސާލަކަށް މައުރަޒަކަށް ޒިޔާރަތްކޮލުން ނޫނީ ވިއްޔާ ތިިއޭޓަރަކަށް ގޮސް ސްޓޭޖްޕްލޭއް ބަލައިލުން ނޫނީ މިއުޒިކް ކޮންސަޓަކަށް ގޮސްލުން ކަހަލަ ކަންކަމަކީ ހަގީގަތުގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައި ދޭނެ ކަންކަން،" ދިރާސާ ކުރި ޓީމުގައި ހިމެނޭ ޑެއިޒީ ފޭންކޯޓް ވިދާޅުވި އެވެ.

"މިކަހަލަ ކަންކަމުގައި ހިއްސާވެވޭނެ ނަމަ ނަތީޖާއަކަށް ވާނީ ސިކުނޑި އަށް ވެރިކުރުވާ އެކި ކަހަލަ ނޭދެވޭ ވިސްނުންތަކުން ކުރާ ބާރު ކުޑަކޮށް ޑިޕްރެޝަން ކަހަލަ އުނދަގޫތަކުން މީހާ ސަލާމަތްކޮށް ދިނުން. މީގައި ވަކި ޖިންސެއްގެ މީހެއް ތަފާތެއް ނެތް."

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މަދުވެގެން މަހަކު އެއް ފަހަރު ސިނަމާ އަށް ގޮސް ފިލްމެއް ބަލައިލުން ނުވަތަ ސްޓޭޖްޕްލޭއެއް ބެލުން ކަހަލަ ކަންކަން ކުރާ އުމުރުން ދުވަސްވީ މީހުން ޑިޕްރެޝަނަށް ވެއްޓުމުގެ ފުރުސަތު 48 ޕަސަންޓަށް ކުޑަކޮށްދެ އެވެ.