ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ޑިއުލެކްސް ބީޗް ވިލާތައް ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވައިފި އެވެ.
20 ޑިސެމްބަރ 2018
ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ޑިއުލެކްސް ބީޗް ވިލާތައް ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވައިފި އެވެ.
ގިނަ އެވޯޑްތަކެއް ލިބިފައިވާ 42 ބީޗްވިލާ މަރާމާތުކުރީ އެ ރިސޯޓުގައި އަލަށް ހުޅުވި ކަނޑުއަޑީ ވިލާ، "ދަ މުރަކަ" ފަރުމާކުރި ޔޫޖީ ޔަމަޒާކީ އެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއްތަން ކަމަށްވާ އެތަނުގެ ޑިއުލަކްސް ބީޗް ވިލާ އަލުން މަރާމާތު ކުރުމަށް 8.3 މިލިއަން ޑޮލަރު (128 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ މަރާމާތަށް ފަހު ހުލުވި ޑިއުލަކްސް ބީޗްވިލާ | ފޮޓޯ: ކޮންރެޑް މޯލްޑިވްސް
އެ ވިލާތައް ފަރުމާކޮށްފައިވަނީ ޖަޕާނުގެ މަޝްހޫރު ބަގީޗާތައް އަސްލަކަށް ބަލައިގެން ގަހާއި މާތަކުގެ ތެރޭގަ އެވެ. އެ ރިސޯޓުން ބުނިގޮތުގައި އެ ވިލާތައް ފަރުމާ ކޮށްފައިވަނީ ޓޫރިސްޓުންނަށް ޕްރައިވަސީ ދިނުމަށް، އެއްވިލާ އަނެއްވިލާ ދުރުދުރުގައި ހުންނަ ގޮތަށެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަކީ އދ. ރަންގަލިފިނޮޅުގައި ހިލްޓަނުން ތަރައްގީކޮށް، ހިންގަމުން އަންނަ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި 150 ވިލާ އާއި 12 ރެސްޓޯރަންޓް، ދެ ސްޕާވެސް ހިމެނެ އެވެ.
ކަނޑުއަޑީގެ ވިލާގައި ޗުއްޓީ ހޭދަކުރަން ދެ މިލިއަން!
ރަންގަލިން ކަނޑާލި މީހުންނަށް އިންސާފެއް ނުލިބޭ: ޓީމް
ފުރަތަމަ ކަނޑު އަޑީގެ ގެ ކޮންރެޑް ރިސޯޓުގައި ހަދަނީ
ވާލްޑޮފް އެސްޓޯރިއާގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
ޓްރެވަލް އެވޯޑްސްގައި ބަނޑޮހާއި ރަންގަލި ވިދާލައިފި
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި