ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓު، ކޮންޑްރަޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑަށް 125،000 ޑޮލަރު (ދެ މިލިއަން ރުފިޔާ) ހޭދަކޮށްގެން ފަސް މީހަކަށް އެ ރިސޯޓުގެ ކަނޑުއަޑީ ވިލާގައި ޗުއްޓީ ހޭދަކުރެވޭ ޕެކޭޖެއް އިއުލާނުކޮށްފި އެވެ.
16 އޮކްޓޯބަރ 2021
ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓު، ކޮންޑްރަޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑަށް 125،000 ޑޮލަރު (ދެ މިލިއަން ރުފިޔާ) ހޭދަކޮށްގެން ފަސް މީހަކަށް އެ ރިސޯޓުގެ ކަނޑުއަޑީ ވިލާގައި ޗުއްޓީ ހޭދަކުރެވޭ ޕެކޭޖެއް އިއުލާނުކޮށްފި އެވެ.
މިއީ ކުރިއަށް އޮތް ޕީކް ސީޒަނަށް ހާއްސަކޮށް، އެ ރިސޯޓުން އިއުލާނު ކުރި ފުރަތަމަ ޕެކޭޖެވެ. އެ ޕެކޭޖުގެ ތެރެއިން ކަނޑުއަޑީ ވިލާގައި ފަސް ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ގިނަ އެވޯޑްތަކެއް ލިބިފައިވާ ކޮންޑްރަޑް މޯލްޑިވްސްގެ ކަނޑު އަޑީ ވިލާ، "ދަ މުރަކަ" ހަދާފައި ވަނީ އެންމެ ލަގްޒަރީ ފެންވަރަށެވެ. މީގެ ތިން އަހަރު ކުރިން ހުޅުވި، ގާތްގަނޑަކަށް 6،000 އަކަފޫޓުގެ އެ ވިލާގައި ތިން ކޮޓަރި ހުރެ އެވެ. އަދި ބަދިގެ އަކާއި ސިޓިން ރޫމެއްގެ އިތުރުން ޖިމަކާއި އިންފިނިޓީ ޕޫލެއް ވެސް ހުންނާނެ އެވެ. މުރަކަ ވިލާ ހެދުމަށް 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.
މުރަކައިގެ ކޮޓަރިއެއް. މިއީ ރާއްޖޭގައި ހުޅުވި ކަނޑުއަޑީގެ ފުރަތަމަ ވިލާ--
މީގެ 20 އަހަރު ކުރިން ރާއްޖޭގައި ހުޅުވި ފުރަތަމަ ބައިނަލްއަގްވާމީ ބްރޭންޑްގެ ހޮޓަލުގައި މީގެ ކުރިން ވަނީ "އިތާ"ގެ ނަމުގައި ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހަދައިފަ އެވެ. މިއީ ދުނިޔޭގައި ހެދި އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓެވެ. އެ ރިސޯޓުގެ ހާއްސަ ޕެކޭޖުގައި ޗުއްޓީ އަށް އަންނަ މީހުންނަށް "އިތާ" އިން ހާއްސަ ކެޔުމެއް ވެސް ލިބޭނެ އެވެ.
މީގެ އިތުރުން ޕްރައިވެޓް ޝެފްއެއްގެ ކެޔުންތައް މުރަކަ ވިލާ އިން އަބަދުވެސް ލިބެ އެވެ. އަދި ޔޮޓް ދަތުރަކާއި ސްޕާގެ ހިދުމަތް ވެސް މި ޕެކޭޖުގެ ތެރެއިން ޓޫރިސްޓުންނަށް ލިބޭނެ އެވެ.
ރަންގަލި އައިލެންޑަކީ ޑައިވަރުންނާއި ސްނޯކްލިން ހެދުމަށް ޓޫރިސްޓުންގެ މަގްބޫލުކަން ހޯދާފައިވާ ރިސޯޓެކެވެ. އެގޮތުން މަންޓާ ރޭ އާއި ވޭލް ޝާކަށް ހާއްސަ ސަރަހައްދެއް އެ ރިސޯޓުގެ މޫދު ސަރަހައްދުގައިވެ އެވެ. މި ކަންކަން ވެސް މި ޕެކޭޖުގެ ތެރެއިން ތަޖުރިބާ ކޮށްލެވޭނެ އެވެ.
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް