20 ޑިސެމްބަރ 2018
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފުއްދަން ނިންމި ވައުދުތަކުގެ ތެރެއިން ފަސް ވައުދެއް މިހާރު ފުއްދާފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފުއްދަން ނިންމި ވައުދުތަކުގެ ތެރެއިން ފަސް ވައުދެއް މިހާރު ފުއްދާފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 12 ވައުދެއް ފުއްދަން އޭޖީ އޮފީހާ ހަވާލު ކޮށްފައި ވެ އެވެ.
ވައުދުތައް ފުއްދިފައިވާ މިންވަރާ ބެހޭގޮތުން އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މިހާތަނަށް ފުއްދިފައިވާ ފަސް ވައުދަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ހަދާފައިވާ ގާނޫނުތައް މުރާޖައާ ކުރަން ފެށުމާއި ދައުލަތަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި އެއްބަސްވުންތައް ރީ ނެގޯޝިއޭޓް ކުރަން ފެށުމާއި ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތު ދޭ މީހާ ވެސް ކުށްވެރިވާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅުން ކަމަށެވެ.
މީގެ އިތުރުން، ކޮރަޕްޝަން ފަޅާ އަރުވައިލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން ނުހައްގު މުއްސަނދިކަން ހުއްޓުވުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ވައުދު ވެސް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަންޑާރަ ނައިނުގެ އޮފީހުން ބުނީ، އެ ވައުދުތަކާ ގުޅިގެން އަލަށް ހަދަންޖެހޭ ގާނޫނުތަކާއި އިސްލާހު ކުރަންޖެހޭ ގާނޫނުތައް ފާހަގަކޮށް، އެކަންކަމާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ. އެގޮތުން، އިސްލާހު ކުރަންޖެހޭ 11 ގާނޫނެއްގެ ތެރެއިން 10 ގާނޫނެއް އިސްލާހު ކުރުމުގެ ބިލް ޑްރާފްޓްކޮށް ނިމި، ބައެއް ބިލްތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަލަށް އެކުލަވައިލާ ފަސް ގާނޫނެއްގެ ބިލުގެ ތެރެއިން އެއް ބިލެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އިތުރު އަލަށް ހަދާ ދެ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ނުހައްގު މުއްސަނދިކަން ހުއްޓުވުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނިއިރު، އެ ބިލް ހުށަހެޅި ކަމަށް ސަރުކާރުން ކުރިން ބުނެފައެއް ނުވެ އެވެ. އަދި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި ވެސް އިއްވައިފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ.
އަބުރުގެ ބަދަލު ހޯދުމުގެ ގަވައިދު ގާނޫނަކަށް ހަދަނީ
މުއައްސަސާތައް މިނިވަންކުރުމަށް މަޖިލީހަށް 5 ބިލެއް
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
މަދަނީ އިޖްރައާތާއެކު އިންވެސްޓަރުންގެ އިތުބާރު ލިބޭނެ
ޑިސްޓްރިކްޓް ކޯޓު އުފައްދަން ގާނޫނު އިސްލާހު ކުރަނީ
ސިއްރު ހެކި ނެގުމުގެ އުސޫލު ތަފްސީލުކުރަން އިސްލާހެއް
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ
ނަފްރަތުގެ ބިލަށް ބަދަލުގެންނަން މަޝްވަރާތައް ފަށައިފި