Roadha Mihaaru
ނަފްރަތުގެ ބިލަށް ބަދަލުގެންނަން މަޝްވަރާތައް ފަށައިފި

ނަފްރަތުގެ ބިލު އިސްލާހުކުރަން މަޝްވަރާތަކެއް ފަށައިފި

24 އޯގަސްޓް 2021

އަގީދާއާ ގުޅުވައިގެން މީހުންނާ މެދު ނަފްރަަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ގެނެވިދާނެ ބަދަލުތަކާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކަމާ ބެހޭ ފަރާތްތަކާ އެކު ބާއްވަވާ ސިލްސިލާ މަޝްވަރާތަކެއް މިއަދު ފައްޓަަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަގީދާއާ ގުޅުވައިގެން މީހުންނާ މެދު ނަފްރަަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ގެނެވިދާނެ ބަދަލުތަކާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކަމާ ބެހޭ ފަރާތްތަކާ އެކު ބާއްވަވާ ސިލްސިލާ މަޝްވަރާތަކެއް މިއަދު ފައްޓަަވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، ނަފުރަތު އުފެއްދުމަކީ ކުށެެއް ކަމަށް ކަނޑައަޅަން ގާާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން އެޓާނީ ޖެނެރަލް ރިފްއަތު މިއަދު ބައްދަލުކުރެއްވީ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އިލްމީ ބޭފުޅުންނާ ކަމަށެވެ.

ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ އެ މަޝްވަރާތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި، ބިލަށް ގެނެވިދާނެ ބަދަލުތަކެއް ބައިވެރިން ހުށަހެޅި ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ. އެގޮތުން ބަދަލުތައް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބިލް ދިރާާސާކޮށް، އެކުލަވައިލި ރިޕޯޓަށެވެ. އެކަމަކު މިއަދު ހުށަހެެޅި ބަދަލުތަކުގެ ތަފުސީލެއް އެ އޮފީހުން އަދި ހާާމައެއް ނުކުރެ އެވެ.

ނަފުރަތު އުފެއްދުމަކީ ޖަލު ހުކުމެއް އަންނަ ފަދަ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލަށް އާއްމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އެއާ އެކު އިސްލާމީ ފަތުވާއާއި ބެހޭ އެންމެ މަތީ މަޖިލީހުން ލަފާ ހޯދައި، އިސްލާމިކް މިނިސްޓްރީން ވެސް އެ ބިލަށް އިސްލާހުތަކެއް ހުށަހެޅި އެވެ. އެ އިސްލާހުތަކަށް ރިއާޔަތްކޮށްގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބިލަށް ބަދަލުތަކެއް ގެނައި ނަމަވެސް އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ރިޕޯޓާ ދެކޮޅު ހެއްދެވި އެވެ.

ޖުޑިޝަރީ ކޮޮމިޓީގެ ރިޕޯޓް ފާސްނުކޮށް އަނބުރާ ކޮމިޓީ އަށް ފޮނުވައިލަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުު ވިދާޅުވީ ސަަރުކާރުން ފުރަތަމަ ހުށަހެޅި ގޮތަށްް ބިލް ފާސްކުރަަން މިހާރު އެދިވަަޑައިނުގަންނަވާ ކަމަށެެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ނަފްރަތުގެ ބިލު ފާސްނުކުރަން ރައީސް އެދިވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ގުޅުން އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ އެއް ސަބަބަކީ ވެސް ނަފްރަތުގެ ބިލު ފާސްނުކޮށް ދިގު ދެންމުމެވެ.