Roadha Mihaaru
އިންސާނުން އައްޑަނައަކަށް، މަންބިޖުން އައިއެސް ފިލަނީ

އިންސާނުން އައްޑަނައަކަށް ބޭނުންކޮށްގެން މަންބިޖުން އައިއެސް ފިލާ މަންޒަރުގެ ފޮޓޯތަކެއް އާއްމުވެއްޖެ

19 އޯގަސްޓް 2016

ދިމިޝްގު (އޮގަސްޓް 19) - ސީރިއާގެ އުތުރުގެ މަންބިޖު ޓައުނުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ފިލުމަށް އިންސާނުން އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ އޭރިއަލް ފޮޓޯތަކެއް އާއްމުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮގަސްޓް 19) - ސީރިއާގެ އުތުރުގެ މަންބިޖު ޓައުނުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ފިލުމަށް އިންސާނުން އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ އޭރިއަލް ފޮޓޯތަކެއް އާއްމުވެއްޖެ އެވެ.

ސީރިއަން ޑިމޮކްރެޓިކް ފޯސަސް އިން ބުނީ އައްޑަނައަކަށް އިންސާނުން ހަދައިގެން އައިއެސްގެ ވަރަށް ގިނަ ވެހިކަލްގައި ހަނގުރާމަވެރިން މަންބިޖުން ފިލަން މަސައްކަތްކޮށްފައި ވަނީ މިއަދު ކަމަށެވެ. އާއްމުންގެ ހިމާޔަތުގައި އައިއެސްގެ ހަނގުރާމަވެރިން ދަތުރު ކޮށްފައިވާތީ އެ ވެހިކަލްތަކަށް ހަމަލާދީފައެއް ނުވެ އެވެ. ހަނގުރާމަވެރިން ދަތުރުކޮށްފައި ވަނީ ތުރުކީގެ ސަރަހައްދީ ރޮނގާ ކައިރިއަށެވެ.

ކުރިން އައިއެސްގެ ބާރުގެ ދަށުގައި އޮތް މަންބިޖުގެ ކޮންޓްރޯލް މިހާރު ހޯދާފައި ވަނީ އެސްޑީއެފުންނެވެ.

އިންސާނުން އައްޑަނައަކަށް ހަދައިގެން ސީރިއާގެ މަންބިޖުން އައިއެސްގެ ހަނގުރާމަވެރިން ފިލަނީ. --ފޮޓޯ:އެސްޑީއެފް

އިންސާނުން އައްޑަނައަކަށް ހަދައިގެން ސީރިއާގެ މަންބިޖުން އައިއެސްގެ ހަނގުރާމަވެރިން ފިލަނީ. --ފޮޓޯ:އެސްޑީއެފް

ބަޣުދާދުގައި ހުންނެވި އެމެރިކާ ކޯލީޝަނުގެ ތަރުޖަމާނެއް ކަމަށްވާ ކާނަލް ކްރިސް ގާވާ ވިދާޅުވީ މަންބިޖު ގެއްލޭނެކަން ޔަގީންވުމުން އައިއެސްގެ ހަނގުރާމަވެރިން ވަނީ އާއްމުން ރަހީނުކޮށްފައި ކަމަށެވެ. އަދި ހަނގުރާމަވެރިންގެ ވެހިކަލްތަކަށް އާއްމުން އަރުވާ އިންސާނީ އައްޑަނައަކަށް އެ މީހުން ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯލީޝަނުން ބުނީ ހަމަލާ ނުދީ އައިއެސްގެ ހަނގުރާމަވެރިން ފިލަން ފުރުސަތު ދިނީ އާއްމުންނަށް ގެއްލުމެއް ލިބިދާނެތީ ކަމަށެވެ.

އިރާގުގެ ފައްލޫޖާ ވެސް އައިއެސްގެ ބާރުގެ ދަށުން ގެއްލުމުން ހަނގުރާމަވެރިން ފިލަން ވަނީ ގިނަ އަދަދެއްގެ ވެހިކަލް ބޭނުންކޮށްފަ އެވެ. ނަމަވެސް ފިލަން ދަތުރުކުރި ވެހިކަލްތަކަށް ޖޫން މަހު ބޮން އަޅާ 175 ވެހިކަލް ވަނީ ހަލާކުކޮށްލައިފަ އެވެ.