ކުރީގެ ފިލްމީތަރި ވަލީދާ ވަލީދާއި ކުރީގެ ނޫސްވެރިޔާ އަލީ ޝާމިން ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.
23 ޑިސެމްބަރ 2018
ކުރީގެ ފިލްމީތަރި ވަލީދާ ވަލީދާއި ކުރީގެ ނޫސްވެރިޔާ އަލީ ޝާމިން ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އަންހެނުން ގޮފީގެ ރައީސް ކަން ކުރައްވާ ވަލީދާ އައްޔަން ކުރެއްވީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޝާމިން އައްޔަން ކުރެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ޝާމިން --ފޮޓޯ/ފޭސްބުކް
އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އެކަމަކު ރައީސް އޮފީހުން އެކަން އަދި އިއުލާނެއް ނުކުރެ އެވެ.
ވަލީދާ އާއި ޝާމިން އައްޔަން ކުރުމުގެ ކުރިން މިއަދު ވަނީ އެހެން ދެ ބޭފުޅަކު ވަނީ ދެ މިނިސްޓްރީއެއް ސްޓޭޓް މިނިސްޓަރު ކަމަށް ވެސް އައްޔަން ކުރައްވައިފަ އެވެ.
ވަލީދާ އާއި ޝާމިންއާ އެކު، މި ސަރުކާރުގައި މިހާރު ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގެ އަދަދަކީ 43 އެވެ. ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުގެ އަދަދު ވެސް ވަނީ މިއަދާ ހަމައަށް 43 އަށް އަރައިފަ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
ސަސްޕެންޑްކުރި ޝުކޫރަށް ޑެޕިއުޓީ މިނިސްޓަރުކަން
ޝާތިރު ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބަކަށް ހަމަޖައްސައިފި
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް
ޝިމާޒް، ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބަކަށް
އިތުރު އަށް ބޭފުޅަކަށް ނައިބު ކަން ދެއްވައިފި
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ޝާފިއު
ދެ މިނިސްޓްރީއަކަށް ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސައިފި
އިތުރު ތިން ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވައިފި