24 ޑިސެމްބަރ 2018
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން މާލޭގެ ގެތައް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަމުންދާ މައްސަލަ ބަލަމުން އަންނަ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ބުނެފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން މާލޭގެ ގެތައް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަމުންދާ މައްސަލަ ބަލަމުން އަންނަ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ބުނެފި އެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނި ގޮތުގައި ބިދޭސީން ހެންވޭރުގެ ތިން ގެއެއް ކުއްޔަށް ހިފައިގެން ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ގެތަކަކީ ވަރަށް ބޮޑަށް ހަލާކުވެ، ބާވެފައި ހުރި ގެތަކެއް ކަމަށް ވެސް ލޭބާ ރިލޭޝަންސް އިން ބުންޏެވެ. އެތަން ތަނުން 300-400 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޮތޯރިޓީން ބުންޏެވެ.
ލޭބާ ރިލޭޝަންސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ ގެތަކުގައި މީހުން ނިދާ ނަމަ، އެކަމަށް ވެސް އަގު ނަގަމުންދާ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ކާން ދިނުމާއި ޕާރުސަލް ބަހަމުންދާ ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.
"ވިޔަފާރި އުސޫލުން ކާން ދިނުމާއި ޕާރުސަލް ބެހުމުގެ ކަންކަން ކުރޭ. ވިޔަފާރި އުސޫލުން މީހުންނަށް ކާންދީ ސައިޓުތަކަށް ޕާރުސަލް ވިއްކުން ވެސް އެބަ ހިނގާ،" އަލީ ޝަރީފް ވިދާޅުވި އެވެ.
އެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.
"ޖެހިޖެހިގެން އެ ތިން ގެ ވެސް ހުންނަނީ. އެ މީހުންގެ ތެރޭގައި މަދު ބަޔަކު ގަވައިދާ އެއްގޮތަށް އުޅެނީ. އެތަންތަން ކުއްޔަށް ނަގަނީ ވެސް ބަންގްލަދޭޝް މީހުން. ބޮޑު ތަނެއްގައި ބިދޭސީން ނިދަން ވެސް ބައިތިއްބަނީ. އެވެސް ހަމަ އެމީހުން އަތުން އަގު ނަގައިގެން،" އަލީ ޝަރީފް ވިދާޅުވި އެވެ.
އަލީ ޝަރީފް ވިދާޅުވި ގޮތުގައި، މިކަން ކުރަނީ ސަރުކާރުގެ އިދާރާއަކުން ހުއްދަ ހޯދުމަކާ ނުލައި ކަމަށެވެ. އެހެންވެ، މިކަން ސަރުކާރުގެ އިދާރާތަކަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޭބާ ރިލޭޝަންސް އިން ބުނީ ސާފު ތާހިރުކަމުގެ ގޮތުން ދަށު ދަރަޖައިގެ ތަންތަނުގެ ގޮތުގައި މާލޭގައި އިތުރު ތަންތަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަލީ ޝަރީފް ވިދާޅުވި ގޮތުގައި ބިދޭސީންތަކެއް ވިޔަފާރި ކުރަނީ ހެންވޭރުގެ ތިން ގެއެއް އެއްކޮށް ކުއްޔަށް ނަގައިގެންނެވެ.
"އެތަންތަން ހަޑިކޮށް، މަގުމައްޗަށް ކާ އެއްޗެހި އަޅައި، ކުޅު ޖަހައި އެކަންކަން ކުރާތީ އެސަރަހައްދުގައި އުޅޭ އާންމުން ރިޕޯޓު ކުރީ. މާލޭގައި އެބަހުރި އެކަހަލަ ކިތަންމެ ތަނެއް،" އަލީ ޝަރީފް ވިދާޅުވި އެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނީ ބިދޭސީންނަށް ގަވައިދާ ހިލާފުވެވެނީ އެމީހުން އެތެރެކުރާ މީހުންގެ ޒިންމާދާރުކަން ކުޑަ ކަމުން ކަމަށެވެ. އެހެންވެ، އެކަމާ ބެހޭ ގޮތުން ކުރަން ހުރި ކަންކަން ބެލުމަށް ކަމާ ބެހޭ މުއައްސަސާތަކާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ލޭބާ ރިލޭޝަނުން ބުނީ ބިދޭސީއަކު ރާއްޖެ އަށް ގެންނަ ފަރާތަކުން، އެ ބިދޭސީއެއްގެ ޒިންމާ ނަގަން ޖެހޭ އިރު، ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނާ މެދު އިދާރީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެގޮތުން، ބްލެކްލިސްޓް ކުރުމާއި ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އަށް ދީފައި އޮވެ އެވެ. ގަވައިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާނަމަ، އެ ފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށް އެ ތަނުން ބުންޏެވެ.
މާލޭގައި ވެސް ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް
ރިސޯޓެއްގައި ފަސް ދިވެހިން، ދެން ހުސް ބިދޭސީން!
ހަދާ ރިސޯޓެއްގައި ހާހެއްހާ ބިދޭސީން ގަވައިދާ ހިލާފަށް!
ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ ސަރުކާރެއް ނެތް
ބިދޭސީން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަދަނީ
ޓެކްސީކުރާ ބިދޭސީންނަށް ވެސް ފިޔަވަޅު އަޅަނީ
ޓްރޭޑް ޔޫނިއަންތަކުގެ ދަފްތަރު އެކުލަވާލަނީ
ޑޮލަރު ވިއްކަން އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
މިސްކިތެއްގައި ބިދޭސީން ދިރިއުޅެން ބައިތިއްބާފައި!
މީލް ޕެކްތަކާއެކު ބިދޭސީންނަށް އުފާވެރިކަން