Roadha Mihaaru
ޓެކްސީކުރާ ބިދޭސީންނަށް ވެސް ފިޔަވަޅު އަޅަނީ

ގަވައިދާ ހިލާފަށް ޓެކްސީކުރާ ބިދޭސީންނަށް ފިޔަވަޅު އަޅަނީ

09 މެއި 2024

ބިދޭސީން ޓެކްސީ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބިދޭސީން ޓެކްސީ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އަމިއްލަ ޓެކްސީތަކުގައި ބިދޭސީން ޓެކްސީ ކުރުން މިހާރު ވަނީ ވަރަށް އާންމު ވެފަ އެވެ. އެކަމާ އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޓެކްސީ ގަވާއިދުގައި ބުނާގޮތުން ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާ ލިބިފައިވާ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށެވެ.

އެނޫން ގޮތަކަށް ޓެކްސީ ކުރާ ނަމަ އެއީ ގަވައިދާހިލާފަށް ޓެކްސީ ކުރާ ބިދޭސީއެކެވެ. އެކަހަލަ ބިދޭސީންނަށް އަޅާ ފިޔަވަޅަކީ ހުއްދަ ނެތް މީހަކު ޓެކްސީ ހިދުމަތް ދިން ކަމަށް ނިންމައި 500ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް މީހަކު ޕްރައިވެޓް ހަޔާއެއްގައި ހިދުމަތް ދިން ކަމަށް ނިންމައި 750ރ. އިން ޖޫރިމަނާ ކުރުމެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ފުލުހުން ގުޅިގެން މިހާރު ވަނީ ޓެކްސީތަކުގެ މައްސަލަ ހައްލު ކުރުމަށް ފުލުހުން ވެސް މަގުމައްޗަށް ނެރެފަ އެވެ. ހާއްސަކޮށް އެއާޕޯޓް ޓްކްސީ ކިޔުގެ މައްސަލަ ހައްލު ކުރުމަށެވެ.