Roadha Mihaaru
ސޮނީ ހާޑްވެއާ އިން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި

ސޮނީ ހާޑްވެއާ އިން ރާއްޖޭގެ އެންމެ ބޮޑު ހާޑްވެއާ ފިހާރަ ހުޅުވައިފި

27 ޑިސެމްބަރ 2018

ސޮނީ ހާޑްވެއާ އިން ރާއްޖޭގައި އެންމެ ބޮޑު ހާޑްވެއާ ފިހާރަ، ހުޅުމާލޭގައި ހުޅުވައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

ސޮނީ ހާޑްވެއާ އިން ރާއްޖޭގައި އެންމެ ބޮޑު ހާޑްވެއާ ފިހާރަ، ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭގައި ހުޅުވި ސޮނީ ހާޑްވެއާ ފިހާރަ ހުންނަނީ ހުޅުމާލޭގެ ނިރޮޅުމަގު، ލޮޓް ނަމްބަރު 11503 ގަ އެވެ. ފަސް ފަންގިފިލާ އަށް ހަދާފައިވާ މި ފިހާރަ އަކީ ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ހާޑްވެއާ ފިހާރަ އެވެ.

މި ފިހާރާގައި ހާޑްވެއާ ސާމާނުގެ އިތުރުން ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި، އަލަށް ތައާރަފްކުރާ ބްރޭންޑެއް ކަމަށްވާ ހަޔަ ބްރޭންޑްގެ ހޯމް އެޕްލަޔަންސް ލިބެން ހުންނާނެ އެވެ.

ހުޅުމާލޭގައި ސޮނީ ހާޑްވެއާއިން ހުޅުވި ފިހާރަ | ފޯޓޯ: ސޮނީ ހާޑްވެއާ

ހުޅުމާލޭގައި ސޮނީ ހާޑްވެއާއިން ހުޅުވި ފިހާރަ | ފޯޓޯ: ސޮނީ ހާޑްވެއާ

މި ފިހާރަ އިން ލައިޓިން އަދި މަސްވެރިކަމަށް ހާއްސަ ސާމާނާއި ސާފުކުރުމަށް ބޭނުންކުރާ ސާމާނު ލިބެން ހުންނާނެ އެވެ. އޭގެ އިތުރުން، ޕަވާ ޓޫލްސް، ކެޕަރޯލް ކުލަޔާއި ދަވާދު، ތަށިމުށްޓާއި ސެނިޓަރީވެއާ ހިމެނޭ ގޮތަށް ޔޫރަޕްގެ އަދި އެމެރިކާގެ ނަން މަސްހޫރު ބްރޭންޑްތަކެއް އެއްފުރާޅެއްގެ ދަށުން ލިބެންހުންނާނެ އެވެ

ނަވާރަސަތޭކަ ހަތްދިހަ ވަނަ އަހަރު އުފެދުނު ސޮނީ ހާޑްވެއާ އަކީ ވަނަ އަހަރު އުފެދުނު ހާޑްވެއާ، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުން ކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކާ، ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން ކުންފުންޏެކެވެ.

ސޮނީ ހާޑްވެއާގެ ހުޅުމާލެ ފިހާރާ ހުޅުވިފައި ހުންނާނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އަދި، މެންދުރު 14:00 އިން ރޭގަނޑު 21:00 އަށެވެ.