Roadha Mihaaru
ވެލިގާ ހާޑްވެއާގެ ފަސްވަނަ ފިހާރަ ހުޅުމާލޭގަ ހުޅުވައިފި

ވެލިގާ ހާޑްވެއާގެ ފަސްވަނަ ފިހާރަ ހުޅުމާލޭގައި ހުޅުވައިފި

11 ނޮވެމްބަރ 2016

ވެލިގާ ހާޑްވެއާގެ ފަސްވަނަ ފިހާރަ، ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ވެލިގާ ހާޑްވެއާގެ ފަސްވަނަ ފިހާރަ، ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.

ހުޅުމާލެ ނިރޮޅު މަގުގައި، ވީބީ މާޓު ކައިރީގައި ހުންނަ މި ފިހާރަ ހުޅުވައި ދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

ލައިވް މިއުޒިކާ އެކު ކުރިއަށް ގެންދިޔަ ހަފުލާގައި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އަބޫބަކުރު މުހައްމަދު ވިދާޅުވީ މާލޭގައި ހިންގާ ބޮޑެތި ހާޑްވެއާ ފިހާރަތަކުގެ ތެރެއިން ހުޅުމާލޭގައި ފިހާރައެއް ހުޅުވި ފުރަތަމަ ބަޔަކަށް ވެލިގާ ހާޑްވެއާ ވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މާލެ އަށް ފަހު އެންމެ އާބާދީ ބޮޑު އަދި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ތަނަށް ހުޅުމާލެ ވެފައި ވާއިރު، ވެލިގާ ހާޑްވެއާގެ ބޭނުމަކީ، އަބޫބަކުރު ވިދާޅުވި ގޮތުގައި، ކަސްޓަމަރުންނާ ވީހާ ވެސް ކައިިރިން، ފަސޭހަކަމާ އެކު ހިދުމަތް ދިނުމެވެ.

"އެހެންކަމުން، ހުޅުމާލޭގައި ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ވެސް މި ތަނުގައި ދިރުއުޅުއްވާ އަދި މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މާލެއެކޭ އެއް ފެންވަރެއްގައި، މާލެއެކޭ އެއް އަގެއްގައި މާލޭން ލިބެން ހުންނަ ހުރިހާ މުދަލެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން،" އަބޫބަކުރު ވިދާޅުވި އެވެ.

ވެލިގާ ހާޑްވެއާ އިން ހުޅުމާލޭގައި ހެދި ފިހާރަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑިރެކްޓަރު އަބޫ ބަކުރު ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ވެލިގާ ހާޑްވެއާ އިން ހުޅުމާލޭގައި ހެދި ފިހާރަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑިރެކްޓަރު އަބޫ ބަކުރު ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މި ރަސްމިއްޔާތުގައި ސައިމަން ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރުމުގައި ފްލެޓާއި މީހުން ދިރިއުޅޭނެ ތަންތަން އެކަނި ހެދުމުގެ ބަދަލުގައި، މިހާރު އެ ވިސްނުން ފުޅާކޮށް، ވިޔަފާރީގެ ބޭނުމަކަށް ތަންތަން ދޭން ފަށާފައިވާ ކަމަށެވެ. އެ ގޮތުން، މިދިޔަ 12 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިން ވިޔަފާރީގެ ބޭނުންތަކަށް ދޫކޮށްފައި ވިޔަސް، އެ އަދަދު އިތުރުކޮށް، މި އަހަރު އެކަނި ވެސް 60،000 އެއްހާ އަކަފޫޓުގެ ބިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލިގާ ހާޑްވެއާ އިން ހުޅުމާލޭގައި މިރޭ ހުޅުވި ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ވެލިގާ ހާޑްވެއާ އިން ހުޅުމާލޭގައި މިރޭ ހުޅުވި ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސައިމަން ވިދާޅުވީ އެޗްޑީސީ އާއި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު ކުރިމަތިވާ އެންމެ ބޮޑު ދަތި ކަމަކީ ކަނޑު ހުރަސްކޮށް މާލޭން އެއްޗެހި ގެންނަން އުދަނގޫވުން ކަމަށެވެ. އެެހެންވެ، ވެލިގާ ހާޑްވެއާ ފަދަ ފިހާރަތައް ހުޅުމާލޭގައި ހުޅުވައި ހިދުމަތް ދޭން ފެށުމުން ހުޅުމާލޭގައި އިމާރާތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ފަދަ ޝޯރޫމެއް ހެދިގެން އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ފްރީ ޑެލިވަރީ ސާވިސްއާ އެކީ މި ހިދުމަތް ދެވިގެން އައުމަކީ ހުޅުމާލެ އަށް ލިބޭނެ ކުރިއެރުމެއް ކަމަށް އަޅުގަނޑު ފާހަގަކޮށްލަން،" ސައިމަން ވިދާޅުވި އެވެ.

ވެލިގާ ހާޑްވެއާ އިން ހުޅުމާލޭގައި ހެދި ފިހާރަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ވެލިގާ ހާޑްވެއާ އިން ހުޅުމާލޭގައި ހެދި ފިހާރަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހުޅުމާލޭގައި ހުޅުވި ވެލިގާ ހާޑްވެއާގެ ފިހާރައިން ވެސް، އެ ކުންފުނިން މާލޭގައި ހިންގާ ހަތަރު ފިހާރަ އިން ލިބޭ ތަކެތި ވިއްކަ އެވެ. އޭގެ ތެރޭގައި ވެލިގާ ހާޑްވެއާ އިން ރާއްޖެ އެތެރެކޮށް ވިއްކާ، ތައިލެންޑާއި ޖަރުމަން ފަދަ ގައުމުތަކުގެ ފެންވަރު ރަނގަޅު، މަގުބޫލު ބްރޭންޑުތަކުގެ މުދާ ހިމެނެ އެވެ.

ވެލިގާ ހާޑްވެއާ އިން ހުޅުމާލޭގައި މިރޭ ހުޅުވި ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ވެލިގާ ހާޑްވެއާ އިން ހުޅުމާލޭގައި މިރޭ ހުޅުވި ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހުޅުމާލޭގައި ފިހާރައެއް ހުޅުވުން ފާހަގަކުރުމަށް ވެލިގާ ހާޑްވެއާ އިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް މިރޭ ފަށައިފަ އެވެ. ހުޅުމާލޭގެ ފިހާރަ އިން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، އެ ފިހާރަ އިން ކުރާ ކޮންމެ 10 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އެ ކޫޕަން ލިބޭ ފަރާތަތްކުގެ މެދުގައި ކޮންމެ ދުވަހަކު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 1،000 ރުފިޔާގެ ވައުޗަރެއް ދޫކުރާނެ އެވެ. މި ވައުޗަރުން ވެލިގާ ހާޑްވެއާގެ ކޮންމެ ފިހާރައަކުން ވެސް 1،000 ރުފިޔާގެ ތަކެތި ހިލޭ ލިބޭނެ އެވެ.