29 ޑިސެމްބަރ 2018
ހިންދީ ސިނަމާގެ ފާގަތިކަން މި އަހަރު ނިންމައިލާނީ ހުކުރު ދުވަހު ރިލީޒް ކުރި ރޯހިތު ޝެޓީގެ ފިލްމު "ސިމްބާ" ކާމިޔާބީން ކަމަށް ބުނެ މި ފިލްމަށް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީއުކޮށްފި އެވެ.
ހިންދީ ސިނަމާގެ ފާގަތިކަން މި އަހަރު ނިންމައިލާނީ ހުކުރު ދުވަހު ރިލީޒް ކުރި ރޯހިތު ޝެޓީގެ ފިލްމު "ސިމްބާ" ކާމިޔާބީން ކަމަށް ބުނެ މި ފިލްމަށް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީއުކޮށްފި އެވެ.
މާސް އޯޑިއަންސް ގަބޫލުވާ ހުރިހާ ރަހައެއް ހެޔަވަރުކޮށްގެން ގެނެސް ދިން ފިލްމުގެ ފުރަތަމަ ޝޯއަކާ އެކު ބެލުންތެރިން ވެސް "ސިމްބާ" ގެ ޖާދޫގައި ޖެހިފައިވާ އިރު، މި ފިލްމަށް ގިނަ ކްރިޓިކުން ވަނީ ހަތަރު ތަރީގެ ރޭޓިންއެއް ދީފަ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ރަންވީރު ސިންގް އާއި އާއި ސާރާ އަލީ ހާން ލީޑް ރޯލަށް ލައިގެން ގެނެސް ދިން ފިލްމާ ބެހޭ ގޮތުން މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ބުނީ މި ފިލްމަކީ ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ފިލްމެއް ކަމަށާއި ކާމިޔާބު ގިނަ ފިލްމުތަކެއް ފެނިގެން ދިޔަ 2018 ނިންމައިލަން ވެސް "ސިމްބާ" އަކީ އެއް ނަމްބަރުގެ ފިކްމެއް ކަަމަށެވެ.
#OneWordReview…#Simmba: WINNER.
— taran adarsh (@taran_adarsh) December 27, 2018
Rating: ⭐️⭐️⭐️⭐️
A solid, well-packaged entertainer with a powerful message... Rohit Shetty gets it right yet again... And so does Ranveer, who is outstanding... Whistles, claps, laughter assured... Expect a STORM at the BO... #SimmbaReview pic.twitter.com/jVCxMjjaF8
ފިލްމަށް ތައުރީފު ކުރަމުން އޭނާ ބުނި ގޮތުގައި ރޯހިތު ވަނީ ޑައިރެކްޓަރެއްގެ ގޮތުގައި އަނެއްކާ ވެސް އޭނާގެ ކުޅަދާނަކަން ދައްކާލައިފަ އެވެ. އަދި "ސިމްބާ" އަކީ 2015 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "ޓެމްޕާ" އަސްލަކަށް ބަލައިގެން ހެދި ފިލްމެއް ނަމަވެސް، ހިންދީ އޯޑިއަންސަށް "ސިމްބާ" ގެނެސް ދީފައި އޮތީ ދެ ފިލްމު އަޅާނުކިޔޭނެހާ ތަފާތުކޮށް ކަމަށް ބުންޏެވެ. އެގޮތުން "ސިމްބާ" ގެ ހާދިސާތައް މާ ބޮޑަށް ވެސް ޝައުގުވެރިކޮށް ދީފައިވާ ކަމަށް ބުންޏެވެ.
#MovieReview: #Simmba is a terrific entertainer... Rohit Shetty is the present-day Manmohan Desai of Hindi cinema, while Ranveer Singh will multiply his fan-following by leaps and bounds... Read my detailed #SimmbaReview on Bollywood Hungama: https://t.co/8siaJ4kt1L pic.twitter.com/wYZ4QsPrPz
— taran adarsh (@taran_adarsh) December 27, 2018
މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރޯހިތުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 2013 ގެ "ޗެންނައި އެކްސްޕްރެސް" އާއި މިދިޔަ އަހަރު ރިލީޒް ކުރި ހޮރޯ ކޮމެޑީ "ގޯލްމާލް އެގެއިން" ގެ ސްކްރީން ރައިޓަރު ޔޫނުސް ސަޖަވާލް އެވެ. އަދި އޯޑިއަންސް ސިނަމާތަކުގައި ތުނބުން ފުމެމުން ފޯރި ނަގާ މީގެ ކެޗީ ޑައިލޮގްތައް ލިޔެފައި ވަނީ ފަރުހާދު ސަމްޖީ އެވެ.
ތަރަން ބުނީ "ސިމްބާ" ގެ އިންޓަވަލް ކުރި ވަރަށް މަޖާ ކަމަށާއި މިއީ ބެލުންތެރިން ހީހީ ހަލާކު ވެސް ވާނެ ފިލްމެއް ކަމަށެވެ. އަދި ދެވަނަ ހާފު ސީރިއަސްވެގެން ދިޔަ އިރު، މި ފިލްމުގެ ޝައުގުވެރި އެއް ބަޔަކީ ފިލްމުގެ ނިމުން ކަމަށް ތަރަން ބުންޏެވެ.
Remember my tweet when I saw the Simmba trailer? I had said, it has BLOCKBUSTER written all over it. After watching the film, I repeat, Rohit Shetty’s Simmba has BLOCKBUSTER written all over it! @karanjohar @RanveerOfficial @SaraaliKKhan @RohitShetty_FC
— Komal Nahta (@KomalNahta) December 27, 2018
"ސިމްބާ" ގައި ކިޔައި ދެނީ ލާނެއް ކޮރަޕްޓް ފުލުހެއްގެ ވާހަކަ އެވެ.
މި ފިލްމަށް ޑައިރެކްޓަރެއްގެ ގޮތުން ރޯހިތުކޮށްފައިވާ މަސައްކަތްތައް ފާހަގަ ކުރަމުން ތަރަން އޭނާ ސިފަކޮށްފައި ވަނީ 1970 އާއި 1980 ގެ އަހަރުތަކުގައި "އަމަރު އަކްބަރު އެންތަނީ" އާއި "ނަސީބު"، "ކޫލީ" އަދި "ދަރަން ވީރު" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު މަންމޯހަން ސިންގްގެ ގޮތުގަ އެވެ.
ގިނަ ކްރިޓިމުން "ސިމްބާ" އަށް ތައުރީފު އޮއްސާލާފައިވާ އިރު، ރަންވީރު ދައްކުވައި ދިން އެކްޓިން އަށް ވެސް ސާބަސް ދީފައިވެ އެވެ. އަދި އޭނާ ފުލުހެއްގެ ރޯލް ވަރަށް ވެސް ފުރިހަމަ އަށް ދައްކުވައި ދީ ބެލުންތެރިންގެ ހިތްތަކުން ޖޯގަ ހޯދާފައިވާ ކަމަށް ބުންޏެވެ.
ބަތަލާ ސާރާގެ ރޯލް ވަރަށް ކުރު ނަމަވެސް، އޭނާގެ ދެވަނަ ފިލްމުން ވެސް މޮޅު އެކްޓިންއެއް ދައްކުވައި ދީފައިވާ ކަމަށް ކްރިޓިކުން ބުންޏެވެ.
SOLID #Simmba PAISA VASOOL ENTERTAINER !!! Go For It !! Enjoyed Fully ????????????@RanveerOfficial is OUTSTANDING ?????????#SaraAliKhan is Excellent ????@SonuSood is AWESOME ????#RohitShetty is BLOCKBUSTER machinery ...back to back♥️@ashutoshrana10 ?????
— Girish Johar (@girishjohar) December 27, 2018
މަޝްހޫރު ކްރިޓިކް ކޯމަލް ނަހަޓާ ބުނީ "ސިމްބާ" އަކީ އޭގެ ވަށައިގެން "ބްލޮކްބަސްޓާ" ލިޔެވިފައި އޮތް ފިލްމެއް ކަމަށާއި މި ފިލްމު ނުބަލައި ބެލުންތެރިން އެއްގޮތަކަށް ވެސް ދޫކޮށެއް ނުލާނެ އެވެ.
ފިލްމުގެ ފުރިހަމަކަމުގެ ވާހަކަ ކްރިޓިކުން އިތުރަށް ފާހަގަ ކުރީ "ސިމްބާ" ގެ ހުރިހާ އެކްޓަރުންގެ އެކްޓިން ވެސް މޮޅުކަން ފާހަގަކޮށް، ސިނަމޮޓޯގްރަފީ އާއި އެކްޝަންތަކާއި މިއުޒިކަށް ވެސް ސަނާ ކިޔަމުންނެވެ. އެގޮތުން ފިލްމުގެ ލަވަތަކުގެ ތެރެއިން "އާކް މާރޭ" އާއި ޓައިޓްލް ލަވަ "އާލާ ރެ އާލާ" އަކީ މިހާރު ވެސް ޗާޓްތަކުގައި ރަސްކަން ކުރަމުން އަންނަ މަގުބޫލު ލަވަތައްކަން ފާހަގަކޮށްފައިވެ އެވެ. އަދި ފިލްމުގެ ބެކް ސްކޯ ވެސް ފިލްމުގެ ތީމާ ވަރަށް ގުޅޭ ކަމަށާއި ފިލްމުގެ ތެރެއަށް ބެލުންތެރިން ގެންގޮސް ދިނުމުގައި އެއީ ބޮޑު ހިއްސާއެއް ކަމަށް ބުންޏެވެ.
"ސިމްބާ" އަށް ބެލުންތެރިން އިތުރު ކުރުމަށްޓަކައި ވަނީ ވަރަށް ހާއްސަ ފެނިލުންތަކެއް ވެސް ހިމަނައިފަ އެވެ. އެގޮތުން އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރުގެ ހާއްސަ ފެނިލުންތަކެއް ހިމެނެ އެވެ. އަދި ރޯހިތުގެ ކާމިޔާބު ފްރެންޗައިޒް "ގޯމްމާލް" ގެ ކާސްޓުންތަކެއް ވެސް "އާކް މާރޭ" ލަވައިން ދައްކާލާފައިވެ އެވެ.
ޖުމްލަ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ "ސިމްބާ" 100 ކްރޯޑްގެ އާމްދަނީއެއް ވެސް ހޯދާނެ ކަމަށާއި މިއީ މި އަހަރު އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށް ގިނަ ކްރިޓިކުން އިއްތިފާގުވެފައިވެ އެވެ.
މީގެ ހަފުތާއެއް ކުރިން ރިލީޒް ކުރި ޝާހްރުކް ހާންގެ އުންމީދީ، ބޮޑު ބަޖެޓް ފިލްމު "ޒީރޯ" ބޮކްސް އޮފީހުގައި ބޮޑު ތަނުން ފްލޮޕްވެފައިވާ އިރު، އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން މި ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 139.39 ކްރޯޑް ރުޕީސް އެވެ.
"ސިމްބާ" ރިލީޒް ކުރުމާ އެކު، "ޒީރޯ" ގެ ވިޔަފާރި އިތުރަށް ދަށްވެ، މި ފިލްމު ބަލަން ދެން ސިނަމާތަކަށް ވަންނަ މީހުން އެކީއެކަށް ހުއްޓޭނެ ކަމަށް ފިލްމީ ހަބަރުތައް ދިރާސާ ކުރާ މީހުން ބުންޏެވެ.
"ސިމްބާ" ގެ އާމްދަނީ 200 ކްރޯޑަށް
"ސިމްބާ" ވެސް 100 ކްރޯޑް ރުޕީސް ހޯދައިފި
ރަންވީރުގެ "ސިމްބާ" ގެ ދެވަނަ ބައެއް
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
"ސޫރިޔަވަންޝީ" ގައި ހުރިހާ ރަހައެއް ހެޔޮވަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަކްޝޭގެ "ސޫރިޔާވަންޝީ" އެޅުވުން ކެންސަލްކޮށްފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް