މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތައް އަލިކުރަން 4،000 ލައިޓު ބޭނުންވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
02 ޖެނުއަރީ 2019
މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތައް އަލިކުރަން 4،000 ލައިޓު ބޭނުންވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީ ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ވައުދުތަކާ ގުޅޭގޮތުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވީ މަގުތައް އަލިކުރުމުގެ މަސައްކަތް ކުރަނީ މާލެ ސިޓީ ކައުންސިލާއި އެޗްޑީސީގެ އިތުރުން، ފުލުހުންނާއި ސްޓެލްކޯއާ ވެސް ގުޅިގެން ކަމަށެވެ.
މަގުތައް އަލިކުރުމަކީ ސަރުކާރުގެ ފުރަތަމަ 90 ދުވަހު ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.
ހައުސިން މިނިސްޓްރީން ބުނީ މަގުތައް އަލިކުރަން ޖަހާނީ ސޯލާ ލެޑް ލައިޓް ކަމަށެވެ. ލައިޓް ޖަހަންޖެހޭ އަނދިރި މަގުތައް މިހާރު ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ލައިޓް ޖެހުމުގެ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައި ވަނީ ބޭރުގެ އެހީ ހޯދައިގެންނެވެ.
ސިނަމާލޭ ބްރިޖާ އެކު ހެދި ހުޅުމާލޭ ހައިވޭ ވެސް މިހާރު ވަނީ ދިއްލައިފަ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހައުސިން މިނިސްޓްރީން ހަ ވައުދެއް ފުރިހަމަކުރުމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު ވައުދަކީ ބޯހިޔާވެހިކަމާއި ފްލެޓްތައް ދިނުމުގެ ނިޒާމާއި ގުޅޭ ވައުދުތަކެކެވެ. މި ސަރުކާރުން ވައުދުތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުލަ އެވެ.
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ބޭނުންނުކުރާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި
ހުޅުމާލޭގެ ބައެއް ފްލެޓުތަކުގެ މަރާމާތް އެފްޑީސީ އަށް
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި