Roadha Mihaaru
އެމްއާރުއެމް އިން މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި

މައުމޫންގެ ތާއީދާ އެކު މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި

06 ޖެނުއަރީ 2019

އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ތާއީދާ އެކު ވާދަކުރާނެ ކެންޑިޑޭޓުން ހޯދަން ހުޅުވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ތާއީދާ އެކު ވާދަކުރާނެ ކެންޑިޑޭޓުން ހޯދަން ހުޅުވާލައިފި އެވެ.

އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅު ހިންގަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ހަރަކާތުގެ ފަރާތުން މަޖިލިސް އަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން 7965444 އަށް ގުޅައިގެން ނޫނީ އެސްއެމްއެސްއަކުން ނަން ނޯޓް ކުރަން އެދޭ ކަމަށެވެ.

އެމްއާރްއެމްއަކީ ޕީޕީއެމް އިން ރައީސް މައުމޫނު ވަކިކޮށް، އެޕާޓީގެ ހިންގުން ކުރީގެ ރައީސް އަބުދުﷲ ޔާމީނާ ހަވާލުކުރުމުން އުފެއްދި ހަރަކާތެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ ނަމުގައި ހަރަކާތްތެރިވި އިރު ވެރިކަން ކުރާ ކޯލިޝަނުގައި ރައީސް މައުމޫނު ހަރަކާތްތެރި ވެވަޑައިގަންނަވަނީ ވެސް މިހާރު އެ ނަމުގަ އެވެ.

ކޯލިޝަނުން އެކުގައި މަޖިލީހަށް ނުކުތުމަށް ކުރިން އެއްބަސްވި ނަމަވެސް މައި ޕާޓީ އެމްޑީޕީން ފަހުން ނިންމީ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށެވެ.