Roadha Mihaaru
ޔާމީނަށް ތުހުމަތުކުރަނީ ޚިޔާނާތު ފައިސާ ލޯންޑަކުރިކަމަށް

ޔާމީނަށް ތުހުމަތުކުރަނީ ޚިޔާނާތުގެ ފައިސާ ލޯންޑަކޮށް، ދޮގު މައުލޫމާތު ދިން ކަމަށް: ފުލުހުން

06 ޖެނުއަރީ 2019

ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރުމާއި އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށް ފުލުހުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރުމާއި އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޔާމީން އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އިސްލާމިކް ބެންކްގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ލޯންޑަކޮށް، ކަމާބެހޭ އިދާރާތަކުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

"...އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި އަބްދުﷲ ޔާމީން، ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކުރަން [ހާޒިރު ކުރީ]،" ފުލުހުން ބުންޏެވެ.

އެ ތަހުގީގަށް ޔާމީން މިއަދު ފުލުހުންގެ އިދާރާގައި ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަ ކުރެއްވި އެވެ.

1 Million dollar havaalu kuraakah nujeheyne: Yameen

1 Million dollar havaalu kuraakah nujeheyne: Yameen

The most trusted news source in the Maldives

Mihaaru

މިއަދު ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ޔާމީން ދެއްވި އިންޓަވިއޫ--

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔާމީން މިއަދު ވިދާޅުވީ ސުވާލުކުރީ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ ޗެކަކުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި އެކައުންޓަށް ޖަމާކުރި ގޮތަކާ ބެހޭ ގޮތުން ކަމަށެވެ.

އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރަން ޔާމީން އޭރު އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ބަހައްޓާ ގޮތަށެވެ. އޭސީސީގެ އެންގުމަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ލިޔުމަކުން އޭސީސީއަށް އެންގި ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ އެކައުންޓަށް ޖަމާކުރީ އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރެއް ނޫނެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އެއް މިލިއަން ޑޮލަރުގެ ޗެކަކުން، ޔާމީންގެ އެހެން އެކައުންޓަކަށް ޖަމާކުރެއްވި ފައިސާ ކަމަށް ވަނީ އެނގިފަ އެވެ.

ޔާމީނަށް ތުހުމަތުކުރާ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔާމީންގެ އިތުރުން ޒަމީރާއި އާޒިމާ ވެސް މީގެ ކުރިން ވަނީ މި މައްސަލާގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އާޒިމާގެ މައްޗަށް ތަފާތު ތިން ތުހުމަތެއް ކުރެ އެވެ. އެއީ މަނީލޯންޑަ ކުރުމުގައި ޔާމީނަށް އެހީތެރިވުމާއި ހަގީގަތް އޮޅުވާލުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތެވެ.

ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަން ބަލައިދޭން އެދުނީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެގޮތުން ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.