Roadha Mihaaru
އިތުރު މައްސަލައެއްގައި ޔާމީން ފުލުހަށް ހާޒިރުކުރަނީ

އިތުރު މައްސަލައެއްގައި ޔާމީން ފުލުހަށް ހާޒިރުކުރަނީ

31 ޖެނުއަރީ 2021

ކުރީގެ ރަައީސް އަބްދުﷲ ޔާމީން އިތުރު މައްސަލައެއްގައި އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރަައީސް އަބްދުﷲ ޔާމީން އިތުރު މައްސަލައެއްގައި އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުކުރަން ނިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އަންނަ އަންގާރަ ދުވަހު މެންދުރު ފުލުހަށް ހާޒިރުކުރަނީ އެ މަނިކުފާނަށް ތުހުމަތުކުރާ އިތުރު މައްސަލައަކާ ގުޅިގެންނެވެ. ޔާމީންގެ ވަކީލުންގެ ޓީމުން އެކަން ކަށަވަރުކޮށްދެ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

ޔާމީން އަނެއްކާވެސް ފުލުހަށް ހާޒިރުކުރާއިރު އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން އުފުލައި، ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާ އެކެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ދާދިފަހުން ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.