10 ޖެނުއަރީ 2019
ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކުގެ ހިދުމަތް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ވައުދާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދަޅުވީ، އެސްއެމްއީ ބޭންކް ހުޅުވުމުގެ ކުރިން އެންމެ ފުރަތަމަ ހުޅުވަން ނިންމާފައި ވަނީ، ފައިނޭންޝިއަލް އިންސްޓިޓިއުޓެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެސްއެމްއީ ފައިނޭޝިއަލް އެންޑް ޑިވެޕޮލްމެންޓްގެ ނަމުގައި ކުންފުންޏެއް އުފައްދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކުގެ ހިދުމަތް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ވައުދާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދަޅުވީ، އެސްއެމްއީ ބޭންކް ހުޅުވުމުގެ ކުރިން އެންމެ ފުރަތަމަ ހުޅުވަން ނިންމާފައި ވަނީ، ފައިނޭންޝިއަލް އިންސްޓިޓިއުޓެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެސްއެމްއީ ފައިނޭޝިއަލް އެންޑް ޑިވެޕޮލްމެންޓްގެ ނަމުގައި ކުންފުންޏެއް އުފައްދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އަންނަ މަހު އެސްއެމްއީ އަށް ހާއްސަ ފައިނޭންޝިއަލް އިންސްޓިޓިއުޓް އުފައްދާ އިރު ބޭންކުގައި ރާއްޖޭގެ ތިިން ސިޓީގެ 15 ޕަސެންޓް ހިއްސާ އޮންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ ހަމައެކަނި ކަންމަތީ ފިހާރަތަކެއް ނޫނެވެ. ތަފާތު އެކި ދާއިރާތަކުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރެވޭނެ އެވެ. މިހާރު ވެސް އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ.
- މައިކްރޯ އެންޓަޕްރައިޒަސް: އެންމެ ގިނަވެގެން ފަސް މުވައްޒަފުން، އަހަރުގެ އާމްދަނީ ފަސް ލައްކަ ރުފިޔާ
- ސްމޯލް އެންޓަޕްރައިޒަސް: އެންމެ ގިނަވެގެން 30 މުވައްޒަފުން، އަހަރުގެ އާމްދަނީ އެއް މިލިއަން ރުފިޔާ
- މީޑިއަމް އެންޓަޕްރައިޒަސް: އެންމެ ގިނަވެގެން 100 މުވައްޒަފުން، އަހަރުގެ އާމްދަނީ އެންމެ ބޮޑުވެގެން 20 މިލިއަން ރުފިޔާ
ކުރީގެ ފިނޭންސް މިނިސްޓަ އަހުމަދު އިނާޒު ވިދާޅުވީ އެސްއެމްއީ ގާނޫނު އެކުލަވާލީ ގިނަ މަގްސަދުތަކެއް ހާސިލު ކުރުމަށް ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ސަރުކާރުގެ ބަޖެޓުން 50 މިލިއަން ރުފިޔާ އެސްއެމްއީއަށް ކަނޑައަޅަން އޭރު ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ކުންފުނިތަކަށް ބޭނުންވާ ލޯނުތަކާއި އެސްއެމްއީތަކަށް ބޭނުންވާ ކަންކަން ހައްލުކޮށްދޭން އޭރު ކަނޑައެޅި ވަރެވެ.
"އެސްއެމްއީ ލޯނު ދިނުމަށް ނިންމީ ކަންމަތީ ފިހާރަ ހިންގުމަށް ފައިސާ ދިނުމެއް ނޫން. ސަރުކާރުގެ އިގްތިސާދު ފުޅާކުރެވޭނެ ގޮތަކަށް އެސްއެމްއީ ފުޅާކުރުން. ގެސްޓްހައުސް ވިޔަސް ނުވަތަ ދަނޑުވެރިކަން ވިޔަސް ތަރައްގީ ކުރުމަށް،" އިނާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިއަ ސަރުކާރުން ލޯނު ދިން ގޮތަށް ބަލާ އިރު 80 ޕަސެންޓް ލޯނު ދީފައިވަނީ ކަންމަތީ ފިހާރަތަކާއި ރީޓެއިލް އެހެން މަސައްކަތްތަކަށެވެ. ނަމަވެސް އެސްއެމްއީގެ ތެރެއިން ދޭ ލޯނުތައް ބޮޑަށް އަމާޒުކުރަން ޖެހޭނީ ރާއްޖޭގެ އިމްޕޯޓު މަދުވާނެ ނުވަތަ އުފެއްދުންތެރިކަން ކުރިއަރުވައިދޭ ފަދަ ވިޔަފާރިތަކަށް ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން، އިނާޒު ވިދާޅުވި ގޮތުގައި، އެސްއެމްއީތަކަށް ލޯނު ދޭ އިރު އެންމެ ފުރަތަމަ ރާއްޖޭގައި ހުރި އެންމެ މުހިއްމު ދާއިރާތައް ކަނޑައަޅަން ޖެހެ އެވެ. އަދި ދާއިރާތައް ކަނޑައެޅި އެ ދާއިރާތަކަށް ލޯނު ދިނުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ލޯނަކީ އެސްއެމްއީތަކަށް ބޭނުންވާނެ އެއް އެހީ ކަމަށެވެ.
"ލޯނު ފައިނޭސިން އަކީ އެސްއެމްއީގެ އެއް ކޮންޕޯނަންޓް. ފަށައިގަންނަ ކުންފުނިތަކަށް ނުވަތަ ކްރިއޭޓިވް އިނޮވޭޓިވް މަސައްކަތްތައް އީކުއިޓީ ފައިނޭންސިން ވެސް ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2013 ވަނަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލުގެ ހިންގާ ގަވާއިދެއް އެކުލަވާލި އެވެ. މި ކައުންސިލަކީ، އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުގައި ހިމެނޭ ވިޔަފާރިތައް ތަރައްގީކުރުމަށް، ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރަން އަމަލީ ގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައަޅައި، މިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަން އިކޮނޮމިކް މިނިސްޓަރަށް ލަފާދޭ މައިގަނޑު ފަރާތެވެ.
މި ކައުންސިލް އެކުލަވާލަނީ ތަފާތު އެކި ދާއިރާތަކަށް ހިމެނޭ 14 މެންބަރުންގެ ކޮމިޓީއެއްގެ މައްޗަށެވެ. ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި އެ ކައުންސިލް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން އެސްއެމްއީ ލޯނާއި "ފަސޭހަ މަދަދު" 2016 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދިޔައީ ދެމުންނެވެ. ޒުވާނުންނަށް ހާއްސަކޮށްގެން 2015 ގައި ގެޓްސެޓް ލޯނު ފެށި އެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަގުސަދުގައި ބިޒްނަސް ސެންޓަ ކޯޕަރޭޝަން ވެސް އުފެއްދި އެވެ.
އެސްއެމްއީ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް މިވަނީ ކުރަން ޖެހިފަ އެވެ. އެސްއެމްއީގެ ބޭންކަކީ އެކަމަށް ހުޅުވޭނެ ވަރަށް ފަހި ދޮރެކެވެ. އެކަމަކު އެ ބޭންކްގެ ހިދުމަތް ފެށުމުގެ ކުރިން ވަރަށް ހަރުދަނާ އުސޫލުތަކެއް ވެސް އެކުލަވާލަން ޖެހެ އެވެ.
އެސްއެމްއީތަކަކީ ވަކިވަކި ފަރުދުންގެ ދިރިއުޅުމާ ގުޅިފައިވާ ވިޔަފާރިތަކަކަށް ވާ އިރު އެފަދަ ވިޔަފާރިތައް ތަރައްގީ ކުރުމުގައި ބޭނުންވަނީ ޔަގީންކަމާ އެކު ކުރިއަށް ދެވޭނެ ގޮތްތަކެކެވެ. އެހެންކަމުން އެކުލަވާލާ ހަރުދަނާ އުސޫލުތަކަށް އަމަލު ވެސް ކުރަން ޖެހެެ އެވެ.
އެންމެ ބޮޑު ކަމަކަށް ވާން ޖެހޭނީ ލޯނު ދޫކުރަނީ ހަގީގަތުގައި ވެސް އެންމެ ބޮޑަށް ލޯނު ބޭނުންވާ ނުވަތަ އެންމެ ރަނގަޅު ވިޔަފާރިތަކަށްތޯ ކަށަވަރުކުރެވޭނެ ނިޒާމެއް އުފެއްދުމެވެ. އަދި އެއީ އެއްވެސް ހާލެއްގައި ސިޔާސީ އިސް ސަފުގައި ތިބޭ ފަރާތްތަކުގެ ގާތް މީހުންނަށް ދޭ ހަދިޔާއަކަށް ވެސް ވެގެން ނުވާނެ އެވެ.
ބީޑީސީގެ ހިދުމަތްތައް އަދިވެސް ހިލޭ ދޭނެ: މިނިސްޓްރީ
އެސްއެމްއީ ލޯނު އިންޓަރެސްޓް ކުޑަކޮށް އީދަށް ފަހު ދެނީ
ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތަކަށް ނުދީ ހަތް ބިލިއަން
ހުޅުމާލޭގައި ހެދި ކޮންޓެއިނާ ވޯކިން ސްޕޭސް ހުޅުވައިފި
ކުދި ވިޔަފާރިތަކަށް ފުވައްމުލަކު ކައުންސިލުން ލޯނު ދެނީ
އެސްއެމްއީ ހަބްގެ ކާބޯތަކެތީގެ ކިއޮސްކްތަައް ކުއްޔަށް
އެސްއެމްއީތަކަށް 1.3 ބިލިއަންގެ ލޯނު ދޫކޮށްފި
އެސްޑީއެފްސީން ވެސް ސްޓިމިއުލަސް ލޯނު ދޫކުރަނީ
އާދީއްތަ ދުވަހުން ފެށިފެން ސްޓިމިއުލަސް ލޯނަށް އެދެވޭނެ
އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް މާލޭގައި ހުޅުވައިފި