10 ޖެނުއަރީ 2019
މަތީ ތައުލީމުގެ ލޯން ސްކީމުން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން ކުރަން ޖެހޭ މަސަައްކަތްތައް ކުރައްވާނެ ކަމަަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމުގެ ލޯން ސްކީމުން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން ކުރަން ޖެހޭ މަސަައްކަތްތައް ކުރައްވާނެ ކަމަަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.
"މިހާރު"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ބައެއް ފަައިސާ ނުލިބި ހުރީ ހަމަ އެކަނި ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ މައްސަލައަކުން ނޫން ކަމަށާއި ފައިސާ ހޯދަންޖެހޭ އިދާރާތަކުގެ ޒިންމާ ވެސް އަދާ ނުކުރެވި އޮތް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެެ.
"އެހެންވީމާ އެކަން އަޅުގަނޑުމެން މިހާރު ބަލަމުން އެބަ ގެންދަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައުލަތަށް ލިބެން އޮތް ފައިސާއެއް ހޯދަން އެކަމާ ބެހޭ ވުޒާރާއަކުން މަަސައްކަތް ކުރަން ޖެހޭނެ. އެއީ މި މިނިސްޓްރީން ކުރަން ޖެހޭ ކަމަކަށްވާ ނަމަ އެކަން މި މިނިސްޓްރީން ކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތެއް ކަމަށެވެ. ލޯން ސްކީމުން ކިޔަވަން ދާ ދަރިވަރުން ކިޔަވަން ދަނީ ސަރުކާރާ އެ ދަރިވަރުންނާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްގެންކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަންތައްތައްތަކެއް ހުންނަ ފަދައިން ދަރިވަރުން ޒިންމާ ނަގަން ޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ލޯން ސްކީމްގެ ދަށުން ކިޔަވައިގެން އަންނަ ދަރިވަރުން، އެ ދަރިވަރުން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދެއްކުމަކީ އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވީމާ އަޅުގަނޑު އުއްމީދުކުރަނީ ސަރުކާރުގެ ޒިންމާ ސަރުކާރުން ނަގާ ބީދައިން ލޯން ސްކީމުގެ ދަށުން ދާ ކުއްޖާ ވެސް އޭނާގެ ޒިންމާ ނަގައި، އޭނާޔަށް ސަރުކާރުން އެ ކުރި އިންވެސްޓްމަންޓް އެ އޮންނަ އުސޫލެއްގެ ދަށުން ސަރުކާރަށް، އެއްބަސް ވެވުނު އުސޫލުން އަނބުރާ ދައްކަމުން ދިއުމުގެ ޒިންމާ އަދާކުރަމުން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭން ކިޔެވެން ހުރި ދާއިރާތަކުން ކިޔަވަން ރާއްޖޭން ބޭރަށް ފޮނުވުމުގެ ބަދަލުގައި ރާއްޖޭގައި މީހުން ތަމްރީނުކުރަން އިސްކަން ދެއްވާނެ ކަމަށާއި ނަމަވެސް ބައެއް ދާއިރާތަކުން އެގޮތަށް މީހުން ފޮނުވަން ޖެހެނީ ރާއްޖޭގައި އޮންނަ ފުރުސަތުގެ ހަނިވުމުން ކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ކިޔެން ހުންނަ ދާއިރާތަކުގެ ތެރެއިން ވެސް ބައެއް ދާއިރާތަކުން ރާއްޖޭން ބޭރުން ކިޔަވަން ވެސް އެބަ ހުޅުވައިލަން. ސަބަބަކީ އެ ދާއިރާގެ މުހިއްމު ކަމާ ރާއްޖޭން އެދާއިރާއިން މީހުން ތަމްރީނު ކުރަން ލިބިފައި ހުރި ފުރުސަތުތަކުގެ ހަނިކަމާ އަދި މިކަހަލަ އެހެން ބައެއް ސަބަބުތަކާ ހެދި،" މިނިސްޓަރު ވިދާޅުވި އެވެ.
ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމުކޮށްފި
މަތީ ތައުލީމުގެ ފުރުސަތު ދިނީ 52 ދަރިވަރަކަށް
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ވައުދުތައް ފުރިހަމަކޮށްފި
ސަރުކާރުން އަންނަ އަހަރު ހިލޭ ޑިގްރީއަށް ކިޔަވައިދެނީ
ފްލައިން ސްކޫލްގެ މައްސަލަ އަށް ހައްލެއް ހޯދަނީ
ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ހައްގު: ރައީސް
ހިލޭ ޑިގްރީއަށް ކިޔަވަން 130 މިލިއަން ހަރަދުކޮށްފި
މަތީ ތައުލީމްގެ ފުރުސަތުތައް ކުރިއަށްދާނެ: ރައީސް
ލޯނުގެ އިތުރު ބުރެއް މި އަހަރު އިއުލާނު ނުކުރެވިދާނެ
ބޭރުގައި ހާލުގައި ޖެހުނު ދަރިވަރުންނަށް އެހީ ދެނީ