12 ޖެނުއަރީ 2019
މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ނިއުމާ މުހައްމަދު ވަދާއީ ފިލްމު "ނިވައިރޯޅި" ހުކުރު ދުވަހުގެ ރެއިން ފެށިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ވަނީ ދައްކަން ފަށައިފަ އެވެ.
މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ނިއުމާ މުހައްމަދު ވަދާއީ ފިލްމު "ނިވައިރޯޅި" ހުކުރު ދުވަހުގެ ރެއިން ފެށިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ވަނީ ދައްކަން ފަށައިފަ އެވެ.
އެ ފިލްމުގެ ޓީމުން ބުނީ ހުޅުމާލޭގައި ޝޯތައް ދައްކަން ހަމަޖެހިފައިވާ މި މަހުގެ 11، 12، 14 އަދި 15 ގައި ކަމަށާއި އެ ޝޯތަކުގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ ކަމަށެވެ. ޓިކެޓްގެ އަގަކީ 100ރ. އެވެ.
މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނިވައިރޯޅި" މިހާރު އަންނަނީ އަތޮޅު ތެރޭގައި ވެސް އަޅުވަމުންނެވެ.
މި ފިލްމުގައި ނިއުމާ އެކު މުހިއްމު ރޯލްތައް ކުޅެފައިވާ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، އަހުމަދު އާސިމް، ޒީނަތު އައްބާސް އަދި އައިމިނަތު ރިޝްފާ ފަދަ ތަރިން ހިމެނެ އެވެ.
"ނިވައިރޯޅި" އަކީ ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ނަމުގައި އުފައްދާފައިވާ ފިލްމު ކުންފުނި ނިއުޒޯ އިން ގެނެސް ދިން ފުރަތަމަ ފިލްމެވެ. އެ ކުންފުނީގެ ދެވަނަ ފިލްމުގެ ގޮތުގައި އިއުލާންކޮށްފައި ވަނި ރަވީ ފާރޫގް ޑައިރެކްޓް ކުރާ "ގޯނާ" އެވެ.
އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމު އަންނަ އޮޕްރީލް މަހުގެ 20 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމަކީ އޭނާ މުހިންމު ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ލީނާ" ގައި ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ (ދޮން އައްޔަ) އާޒިމް، އަހުމަދު ނިމާލް، ނުޒުހަތު (ނުޒޫ) ޝުއައިބް)، އަހުމަދު ސައީދު އަދި ޒީނަތު ހިމެނެ އެވެ.
"ލީނާ" އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފާވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރަލި އަޒްލީނާ ނަފީސުގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މީގެ މަންޒަރުތައް ނަގާފައި ވަނީ އއ. އުކުޅަހުގަ އެވެ.
ފިލްމު "ނިވައިރޯޅި" އިން އެކްޓިން ކެރިއަރު ނިންމައިލި ބަތަލާ ނިއުމާ މުހައްމަދަށް މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު (ތޭރަވާ) އަބްދުލް ޢަނީ ޅެމަކުން ތައުރީފުކޮށްފި އެވެ.
އޭނާ ބުނި ގޮތުގައި މި ޅެމަކީ "ނިވައިރޯޅި" ޕްރިމިއާ ކުރި ރޭ ނިއުމާ އަށް ޓްރިބިއުޓެއް ލަވަ ސެޓެއްގެ އައިޓަމަކުން ސްޓޭޖްމަތީގައި ގެނެސް ދިން ބަތަލާ އައިޝަތު ރިޝްމީގެ ހިޔާލަކަށް ހެދި ޅެމެކެވެ. އެގޮތުން ޅެމުގައި ނިއުމާގެ ހުނަރަށް ތައުރީފުކޮށް އޭނާ ކުޅެފައިވާ ބައެއް ލަވަތަކުގެ ކަނޑިތަކާއި ފިލްމުތަކާއި ޑްރާމާތަކު ނަންތައް ވެސް ހިމަނާފައިވެ އެވެ.
ނިއުމާގެ އެންމެ ފަހު ވީޑިއޯ ލަވައިގެ ގޮތުގައި ވެސް ބެލުންތެރިންނަށް ދޫކޮށްލި އަދި "ނިވައިރޯޅި" ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ބޭނުން ކުރި "ސިހުރު ފަދަވި ކަމަނާ" ގެ ޅެމަކީ ވެސް ތޭރަ ހަދާފައިވާ ޅެމެކެވެ.
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ
"ނޯޓީ 40" ލަންކާގައި އަޅުވަނީ
"ވީ ބޭވަފާ" މިރޭ ޕްރިމިއާ ކުރަނީ
"ވީ ބޭވަފާ"ގެ އާ ޓްރެއިލާއެއް
"ވީ ބޭފަވާ" ގެ ޓިކެޓް ވިއްކަން ފަށައިފި
ފަސް އަހަރު ފަހުން "ވީ ބޭވަފާ" ސިނަމާ އަށް
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި