30 ނޮވެމްބަރ 2016
އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ ފިލްމް "ވީ ބޭވަފާ" މާލެއާ އެކު 13 ރަށެއްގައި މިރޭ ޕްރިމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ ފިލްމް "ވީ ބޭވަފާ" މާލެއާ އެކު 13 ރަށެއްގައި މިރޭ ޕްރިމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ފިލްމްގެ އެއް ޕްރޮޑިއުސަރު ހުސައިން މުނައްވަރު (ކުޑަފޫޅު) ބުނީ މިރޭ އޮލިމްޕަހުގައި ފިލްމް ޕްރިމިއާ ކުރާ އިރު، ފުރަތަމަ ޝޯ ފުލްވެ، ދެވަނަ ޝޯ އިން ވެސް ބޮޑު ބައެއް ވިކިފައިވާ އިރު، ތިން ވަނަ ޝޯ އާއި ހަތަރު ވަނަ ޝޯގެ ޓިކެޓް ވެސް ވިއްކަމުން އަންނަ ކަމަށެވެ.
ޕްރިމިއާ ނައިޓްގެ ޓިކެޓް ވިއްކީ 200ރ. އަށެވެ. އަދި ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓް ވިއްކަނީ 100ރ. އަށެވެ.
އޮލިމްޕަހުގައި "ވީ ބޭވަފާ" ގެ 10 ޝޯ ދައްކަން ހަމަޖެހިފައި އޮތް ނަމަވެސް، ފިލްމަށް ލިބޭ ތަރުހީބަށް ބަލައިފައި ޝޯތައް އިތުރުކުރަން ވަނީ ނިންމައިފަ އެެވެ.
"މިރޭ އޮލިމްޕަހުގައި ޕްރިމިއާ ނައިޓެއް ވެސް އޮންނާނެ. އެކަމަކު އޭތި ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ބޭނުން ވަނީ،" ހުސައިން ބުންޏެވެ. "ޕްރިމިއާ ނައިޓްގައި ފިލްމުގެ ތަރިންނާއި ފިލްމުގައި މަސައްކަތްކުރި ޓީމް ބައިވެރި ވާނެ."
"ވީ ބޭވަފާ" ގެ ޓްރެއިލާއެއް.
މަހުދީ އަހުމަދާއި އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އަސަރުގަދަ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ "ވީ ބޭވަފާ" ގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު، އަބްދުﷲ މުއާޒް (މުއާ)، ފާތުމަތު ފަރީލާ (ފަރީ) އަދި ޒީނަތު އައްބާސް އެވެ.
ސަން ޝައިން ޕްރޮޑަކްޝަނާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ "ވީ ބޭވަފާ" މާލެ އާ އެކު 13 ރަށެއްގައި ޕްރިމިއާ ކުރި ނަމަވެސް، އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ފިލްމް ދައްކަން ވަނީ ހަމަޖެހިފަ އެވެ.
އަދި އަތޮޅު ތެރޭގެ ރަށްރަށުގައި ފިލްމްގެ ޓިކެޓް އަންނަނީ ވިއްކަމުންނެވެ.
"ވީ ބޭވަފާ" ގެ ޓީޒާއެއް.
ރ. އުނގޫފާރުގައި މަންޒަރުތައް ނަގާފައިވާ "ވީ ބޭވަފާ" އަކީ ކަނޑިގެ ފުރަތަމަ ޑައިރެކްޝަނެވެ. އަދި މިއީ މި އަހަރު ރިލީޒް ކުރާ ހަތް ވަނަ ފިލްމެވެ.
ފަސް އަހަރު ފަހުން "ވީ ބޭވަފާ" ސިނަމާ އަށް
"ވީ ބޭވަފާ"ގެ އާ ޓްރެއިލާއެއް
"ވީ ބޭފަވާ" ގެ ޓިކެޓް ވިއްކަން ފަށައިފި
ދިވެހި ސިނަމާގެ ސުރުހީތައް
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި