22 ނޮވެމްބަރ 2016
ބެލުންތެރިންނާ ހަމައަށް މި އަހަރު ދެން އެންމެ އަވަހަށް އަންނާނެ ފިލްމަކީ "ވީ ބޭވަފާ" އެވެ. އެ ފިލްމުގެ ޓިކެޓް އޮލިމްޕަހުން މިހާރު އަންނަނީ ވިއްކަމުންނެވެ.
ބެލުންތެރިންނާ ހަމައަށް މި އަހަރު ދެން އެންމެ އަވަހަށް އަންނާނެ ފިލްމަކީ "ވީ ބޭވަފާ" އެވެ. އެ ފިލްމުގެ ޓިކެޓް އޮލިމްޕަހުން މިހާރު އަންނަނީ ވިއްކަމުންނެވެ.
ފިލްމު މި މަހުގެ 30 ގައި ރިލީޒް ކުރާ އިރު، "ވީ ބޭވަފާ" ގެ އާ ޓްރެއިލާއެއް އަނެއްކާ ވެސް ނެރެފި އެވެ.
އިބްރާހިމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެންމެ މަޝްހޫރު ބައެއް ތަރިންނެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު، އަބްދުﷲ މުއާޒް (މުއާ)، ފާތުމަތު ފަރީލާ (ފަރީ) އަދި ޒީނަތު އައްބާސް ހިމެނެ އެވެ.
މިއީ ދުވަސްތަކަކަށް ފަހު އެއްވަރުގެ ކުޅަދާނަ އަދި ތަޖުރިބާކާރު އެކްޓަރުންތަކެއްގެ ފިލްމެއް ސިނަމާ އަށް އަންނަ ފުރަތަމަ ފަހަރެވެ.
ރ. އުނގޫފާރުގައި ޝޫޓްކޮށްފައިވާ ލޯބީގެ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައިދޭ "ވީ ބޭވަފާ" އަކީ މަހުދީ އަހުމަދާއި އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
"ވީ ބޭވަފާ" ގެ ޓްރެއިލާއެއް.
"ވީ ބޭވަފާ" އަކީ މި އަހަރު ސިނަމާ އަށް އަންނަ ހަތް ވަނަ ފިލްމެވެ.
މި ފިލްމުގެ 10 ޝޯ އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާ އިރު، ލިބޭ ތަރުހީބަށް ބަލައިފައި ޝޯތައް އިތުރު ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ފިލްމް ދައްކާނެ އެވެ.
"ވީ ބޭވަފާ" މިރޭ ޕްރިމިއާ ކުރަނީ
"ވީ ބޭފަވާ" ގެ ޓިކެޓް ވިއްކަން ފަށައިފި
ފަސް އަހަރު ފަހުން "ވީ ބޭވަފާ" ސިނަމާ އަށް
ދިވެހި ސިނަމާގެ ސުރުހީތައް
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި