Roadha Mihaaru
މާލީ ބަޔާނާ ގުޅޭ ކަންކަން ރަނގަޅު ކުރާނަން: ހޫދު

ޓްރާންސްޕޭރަންސީގެ ނަޒަރުގައި މަގުސަދު ހާސިލެއް ނުވޭ، ސަރުކާރުން ބުނަނީ މާލީ ބަޔާން ފުރިހަމަ ކުރާނެ ކަމަށް

11 ޖެނުއަރީ 2019

ރައީސާއި ނައިބު ރައީސާއި ވަޒީރުން އަދި ރައީސް އޮފީހުގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމު ކުރަން އިއްޔެ ފަށާފައިވާއިރު، އަދިވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެއްވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސާއި ނައިބު ރައީސާއި ވަޒީރުން އަދި ރައީސް އޮފީހުގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމު ކުރަން އިއްޔެ ފަށާފައިވާއިރު، އަދިވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެއްވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތުގައި، ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރުން އަދި ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް ރޭ ވަނީ ހާމަކޮށްފަ އެވެ. އަދި، ސިޔާސީ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ވެސް ކުރިމަގުގައި ހާމަކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

Raees aai naibu raees maalee bayaan haama kuravvaifi

Raees aai naibu raees maalee bayaan haama kuravvaifi

The most trusted news source in the Maldives

Mihaaru

ރައީސް އާއި ނައިބު ރައީސްގެ މާލީ ބަޔާން ހާމަ ކުރުން.

މި ސަރުކާރުގެ އެންމެ އިސްބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި ދެފުށް ފެންނަ ގޮތަކަށް ސަރުކާރުގެ ވެރިންގެ އަމަލުތައް ބެހެއްޓުމަށް ލިބޭ ބާރަކަށް ވާތީ ގިނަ ބަޔަކު އަންނަނީ އެ ނިންމެވުމަށް މަރުހަބާ ކިޔަމުންނެވެ. އެކަމަކު، އެއީ ހަމައެކަނި ނަމަކަށް ކުރި ކަމެއް ކަމަށް ބުނެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން ހާމަކުރުމަށް އެންމެ ބޮޑަށް ބާރުއަޅާ، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު ވިދާޅުވީ، ސަރުކާރުން ރޭ ހާމަކުރީ ފުރިހަމަ ނުވާ މާލީ ބަޔާންތަކެއް ކަމަށެވެ. އެ ބަޔާންތަކުގައި ހުރީ ސައްހަކަން ޔަގީން ކުރެވޭ އަދަދުތަކަކަށް ނުވުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް އައިމަން ވިދާޅުވި އެވެ.

"މާލީ ބަޔާންތައް އެއީ ތެދުކަން ކަށަވަރު ކުރެވެން ޖެހޭ. ބަޔާނުގައި ހިމަނާފައިވާ މައުލޫމާތުތައް ކަށަވަރު ކުރަން ދައުލަތުގެ އިދާރާ އަކާ ހަވާލުކުރަން ޖެހޭ. އެ ވެދާނެ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ވެސް،" އައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާއިލާ އާއި އަނބިދަރިންގެ ނަމުގައި އަގު ބޮޑެތި މުދާ ނުވަތަ ގިނަ އަދަދެއްގެ ފައިސާ ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާއިރު، އެ މައުލޫމާތު ވެސް ހާމަކުރައްވަން ޖެހޭނެ އެވެ. އަދި އެއީ އާއްމުކޮށް ހާމަ ނުކުރެވޭ މައުލޫމާތުތަކެއް ނަމަ ދައުލަތުގެ އިދާރާ އަކާ ހިއްސާކޮށް، އެކަށީގެންވާ ތަނަވަސްކަން ޔަގީން ވާނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް އައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ އިސް ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން މިހާރު ހާމަކުރައްވާ ގޮތަށް ބަލާއިރު، ކޮރަޕްޝަން ހުއްޓުވުމުގެ މަގުސަދު ހާސިލް ނުވާ ކަމަށެވެ. އެހެންވެ ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށް އައިމަން ވިދާޅުވި އެވެ.

ރައީސްގެ ތަރުޖަމާން ހޫދު ވިދާޅުވީ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރަމުން އަންނަ ކަމަކަށް ވާތީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް، އެ ކަންކަން ކުރިމަގުގައި އިސްލާހުކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލީ ބަޔާނުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާމަކުރާ މާލީ ބަޔާނުގެ ސައްހަ ކަމާ ގުޅޭގޮތުން ހޫދު ވިދާޅުވީ، އެއީ އެ ބޭފުޅެއްގެ ސޮޔާއި އިނގިލީގެ ނިޝާން ޖަހާފައިވާ ފޯމެއްގައި ހިމެނޭ މައުލޫމާތުތައް ކަމަށެވެ. މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ އެ ފޯމުތައް މެދުވެރިކޮށް އެ ކަންކަން ބެލޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ: ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރަން ވަނީ ނިންމާފައި.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ: ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރަން ވަނީ ނިންމާފައި.---ފޮޓޯ: ރައީސް އޮފީސް

"ތެދު ދޮގު ބެލޭނެ ގޮތަށް ހުރީ. މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ ފޯމު ރިފަރެންސަކަށް ބަލައި، އެ މައްސަލަތައް ބެލޭނެ. ކޮންމެ ބޭފުޅަކު ވެސް ދެއްވީ ސައްހަ މައުލޫމާތު ކަމަށް ސޮއިކޮށް ފިންގަޕްރިންޓް ޖަހާފައިވޭ ފޯމުގައި،" ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމު ވެސް ފުރުއްވާ ހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސާއި ނައިބު ރައީސާއި ވަޒީރުން އަދި ރައީސް އޮފީހުގެ ސިޔާސީ އިސްވެރިންގެ މާލީ ބަޔާންތައް ހޯއްދަވާފައި ވަނީ އެބޭފުޅުންގެ އާއިލީ މެމްބަރުންގެ ވެސް މައުލޫމާތުތައް ހިމަނައިގެންނެވެ. އެކަމަކު، އެ މައުލޫމާތުތައް ހާމަ ނުކުރެވެނީ ގާނޫނީ ބައެއް މައްސަލަތައް ހުރުމުން ކަމަށް ހޫދު ވިދާޅުވި އެވެ. އެކަންކަން ހައްލު ކުރުމާ ގުޅޭ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސާއި ނައިބު ރައީސާއި ވަޒީރުން އަދި ރައީސް އޮފީހުގެ ސިޔާސީ އިސްވެރިންގެ މާލީ ބަޔާންތައް ކޮންމެ އަހަރަކު ވެސް ހާމަކުރަން ނިންމަވާފައިވާއިރު، މިހާރު ފާހަގަ ކުރެވޭ މައްސަލަތައް އިސްލާހުކޮށް، ފުރިހަމަ ކުރާނެ ކަމަށް ހޫދު ވިދާޅުވި އެވެ. އަދި ކަމާ ގުޅޭ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާކޮށް ހިޔާލު ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.