Roadha Mihaaru
އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން: ރައީސް

އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން: ރައީސް

30 އޮކްޓޯބަރ 2022

ގައުމެއްގައި ހިނގާނެ އެންމެ ބޮޑު ކޮރަޕްޝަނަކީ އެކަމަށް ހިތްވަރުދީ، ކޮރަޕްޝަނަށް ރުހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގައުމެއްގައި ހިނގާނެ އެންމެ ބޮޑު ކޮރަޕްޝަނަކީ އެކަމަށް ހިތްވަރުދީ، ކޮރަޕްޝަނަށް ރުހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބަނޑޮހުގައި ފެށި "އެންޓި ކޮރަޕްޝަން ކޮމިޝަން 2022" މަހާސިންތާގައި ފެށުމުގެ ރަސްމިއްޔާތުގައު ރައީސް ވިދާޅުވީ ދައުރެއް ބަދަލުވެ ވެރިކަން ބަދަލު ވިޔަސް، އެ އަންނަ ކުއްލި ބަދަލާ އެކު ހުރިހާ ކަމެއް ވަގުތުން ރަނގަޅުވެ އެ ކަންކަ އިސްލާހު ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމަށް ވަގުތު ނަގާނެ ކަމަށާއި ކޮރަޕްޝަނުން ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ ކަމަކީ ސަރުކާރާއި ވިޔަފާރިވެރިންނާއި އާންމުން ގުޅިގެން މަޝްވަރާ ކުރުން ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ކޮރަޕްޝަނާއި ފަސާދަ އާއި ނާޖާއިޒް ފައިދާ ނެގުމަކީ ދައުލަތުގެ ތެެރޭގައި އިންތިޒާމުވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި މަހާސިންތާ އަކީ ގައުމަށް އެންމެ ބޮޑު ފައިދާއެއްް ވާނެ އެއް ކަންތައް ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަބަބަކީ ރާއްޖޭގެ މިކަމާ ގުޅުންހުރި ހުރިހާ އެންމެން މި މަހާސިންތާގައި އެއްތަނަކަށް އެއްވެފައިވާތީ ކަމަށެވެ.

ހޯދުނު ގޮތަކަށް ފައިސާ ހޯދުމަކީ ޖާއިޒް ކަމެއްގެ ގޮތުގައި ދެކި އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައި ކަމެއް އެ ގައުމަކަށް ނޯންނާނެ. އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން: ރައީސް

މިފަހަރު އަމާޒުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަންގެ ހުރަސްތައް ދެނެގަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

ނަޒާހަަތްތެރިކަމާ އެކު ހިންގުމުގެ ނިޒާމު ބައްޓަން ކުރުމާއި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ކަންކަން ރާވައި ހިންގުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ކުންފުނިތައް ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، މި ސަރުކާރަށް ހަތަރު އަހަރު ފުރެންދާއިރު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަގުވާމީ މުޖުތަމައުއިން މިއަދު ބަލައިގަނޭ. ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ފަރުވާ ބޭނުންވެފައިވާ އެންމެބޮޑު ބަލި. އެބައްޔަށް އޮތް ޝިފާއަކީ، ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން،" ރައީސް ވިދާޅުވި އެވެ.

މި މަހާސިންތާގައި ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެ އެވެ.