Roadha Mihaaru
ބީއެމްއެލް އިސްލާމިކުން 3 އެކައުންޓެއް ތައާރަފްކޮށްފި

ބީއެމްއެލް އިސްލާމިކުން އަލަށް ތިން ވައްތަރެއްގެ އެކައުންޓް ތައާރަފްކޮށްފި

13 ޖެނުއަރީ 2019

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ދެ ވައްތަރެއްގެ ސޭވިން އެކައުންޓަކާއި އިންވެސްޓްމަންޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކުން ތައާރަފްކޮށްފިއެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ދެ ވައްތަރެއްގެ ސޭވިން އެކައުންޓަކާއި އިންވެސްޓްމަންޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކުން ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިއާ އެކު ޝަރީއާއާ އެއްގޮތްވާގޮތުގެ މަތިން ބީއެމްއެލް އިސްލާމިކުން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

އަލަށް ތައާރަފްކުރި ބީއެމްއެލް އިސްލާމިކްގެ ސޭވިން އެކައުންޓަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތައާރަފުކުރި ހިދުމަތެކެވެ.

އެ ބޭންކުން ބުނީ މިއީ އިސްލާމިކް ބޭންކިންގެ އުސޫލެއް ކަމަށްވާ ވަކާލާ އުސޫލުގެ މައްޗަށް އެކުލަވާލެވިފައިވާ އެކައުންޓްތަކެއް ކަމަށެވެ. މިގޮތުން ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ ޝަރީއާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރުމަށް ފަހު އެއިން ފައިދާ ލިބުމުގެ ފުރުސަތު ކަސްޓަމަރަށް އޮންނާނެ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށް ތައާރަފްކުރި، ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަ އެކައުންޓަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކް ބޭންކިންގެ ހިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދިނުމަށް ފެށި ހިދުމަތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން އަލަށް ތައާރަފްކޮށްފައިވާ ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަކި މުއްދަތަކަށްް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ހާއްސަ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާކޮށްފައިވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެ ބޭނުން ބުނެ އެވެ.