13 ޖެނުއަރީ 2019
މެދުއިރުމަތީގެ އެންމެ ބޮޑު ޑައިވް އެކްސްޕޯގައި ރާއްޖޭގެ ފްރީ ޑައިވިން ދާއިރާގައި މަސައްކަތްކުރާ ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު ޑައިވް އެކްސްޕޯގައި ރާއްޖޭގެ ފްރީ ޑައިވިން ދާއިރާގައި މަސައްކަތްކުރާ ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.
ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި އެކްސްޕޯގައި ރާއްޖޭގެ އަޕްނިއާ މޯލްޑިވްސް ބައިވެރިވި އިރު، ދުނިޔޭގެ 50 ގައުމެއްގެ ކުންފުނިތަކުގެ ހިދުމަތްތައް ދައްކާލުން އޮތެވެ.
ދުބާއީގައި އޮތް ޑައިވިން އެންޑް ފިޝް އެކްސްޕޯ
މިޑުލް އީސްޓް ޑައިވް އެންޑް ފިޝް އެކްސްޕޯގެ ނަމުގައި ކުރިއަށްދިޔަ މި އެގްޒިބިޝަންގައި އަޕްނިއާ މޯލްޑިވްސް އިން ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.
އަޕްނިއާ މޯލްޑިވްސްއަލޯ ފްރީ ޑައިވިންގެ ދާއިރާގައި ބޭނުންކުރާ ގިނަ ސާމާނުތަކެއް އަމިއްލައަށް ޑިޒައިންކުރާ ބައެކެވެ. އެ ޑިޒައިންތަކަށް އެތައް އެއްޗެއް ތައްޔާރުކޮށް، މާކެޓަށް ނެރެފައިވެ އެވެ.
އެ ކުންފުނީގެ ޑިރެކްޓަ މުހައްމަދު އަހުމަދު ރަޝީދު ވިދާޅުވީ ދުބާއީ އެކްސްޕޯގައި ބައިވެރިވުމުގެ ބޭނުމަކީ ދުނިޔޭގެ މާކެޓަށް ދިވެހި އަމިއްލަ އުފެއްދުމާއި ޑިޒައިންތައް ތައާރަފްކުރުން ކަމަށެވެ. އޭގެ އިތުރުން ދިވެހި މަސްވެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ބޭރުގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން ހެޔޮ އަގުގައި ހޯދުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެކްސްޕޯގައި ދެކުނު އޭޝިއާ އިން ވެސް ބައިވެރިވީ އަޕްނިއާ މޯލްޑިވްސް އެކަނި
މި އެކްސްޕޯގައި ދެކުނު އޭޝިއާ އިން ވެސް ބައިވެރިވީ އަޕްނިއާ މޯލްޑިވްސް އެކަންޏެވެ.
އަމިއްލައަށް ޑިޒައިންކުރާ އެއްޗެހީގެ އިތުރުން ދުނިޔޭގެ އެންމެ ހިނގާ ބްރޭންޑްތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރެއްގެ ގޮތުން ވެސް އަޕްނިއާ އަންނަނީ މަސައްކަތްކުރަމުންނެވެ.
އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކެއް ވެސް ފަރުމާކުރަނީ ރާއްޖޭގަ އެވެ. އޭގެ އިތުރުން އަޕްނިއާ މޯލްޑިވްސްގެ ފަރުމާކޮށްފައިވާ ސާމާނު އެމެރިކާ އާއި ސައުތު އެފްރިކާ އާއި އޮސްޓްރޭލިއާގެ އިތުރުން ޗައިނާގެ ކުންފުނިތަކުން ވެސް ބޭނުންކުރެ އެވެ.
ލޭނު އެޅުމުން ގެއްލުންވާނެ: ނަޝީދު
އެމްޓީސީސީން މަސްވެރިކަމާއި ޓޫރިޒަމަށް ވަންނަނީ
މަސް ހިފާ ވަރު ކޮންޓްރޯލް ވާންޖެހޭ: ޑރ. ހުސައިން
ނާގޯއްޓަކީ ޓޫރިޒަމްގެ އިންގިލާބަކަށް ވާނެ: އެމްޓީޑީސީ
ޓޫރިޒަމް ޕްރޮމޯޓުކުރަން އެމިރޭޓްސްއާއެކު ސޮއިކޮށްފި
މިއަހަރުގެ ވޯލްޑް އެކްސްޕޯގައި ރާއްޖޭން ބައިވެރިވަނީ
ކަނޑުމަހުގެ ސްޓޮކް ހުސްވުމުގެ ބިރު ކުޑަވެއްޖެ
އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފި
ފަސް އަހަރު ފަހުން ގަލްފް ކްރާފްޓްގެ ބޮޑު އުޅަނދު ހަގީގަތަކަށް
ކުރީގެ ހާލަތަށް ދާން އިގުތިސާދު ފުޅާކުރާނަން: ރަައީސް