Roadha Mihaaru

ސީރިއާ އިން އެމެރިކާ ސިފައިން ފޭބުމާ ސައުދީ ޕްރިންސަކު ދެކޮޅު

ރިޔާޒް (ޖެނުއަރީ 14) - ސީރިއާ އިން އެމެރިކާ ސިފައިން ފޭބުމާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށް ސައުދީ ޝާހީ އާއިލާގެ ސީނިއާ މެންބަރެއް ކަމަށްވާ ޕްރިންސް ތުރުކީ އަލް ފައިސަލް ވިދާޅުވެއްޖެ އެވެ.

ސީރިއާ އިން ސިފައިން ފޭބުމާ ސައުދީ ޕްރިންސަކު ދެކޮޅު
ހަސަން އާމިރު
ހަސަން އާމިރު

14 ޖެނުއަރީ 2019

ރިޔާޒް (ޖެނުއަރީ 14) - ސީރިއާ އިން އެމެރިކާ ސިފައިން ފޭބުމާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށް ސައުދީ ޝާހީ އާއިލާގެ ސީނިއާ މެންބަރެއް ކަމަށްވާ ޕްރިންސް ތުރުކީ އަލް ފައިސަލް ވިދާޅުވެއްޖެ އެވެ.

ބީބީސީއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމެރިކާ ސިފައިން ސީރިއާ އިން ފައިބައިފި ނަމަ އޭގެ ގޯސް ނަތީޖާ ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި އީރާނާއި ރަޝިޔާ އިން ސީރިއާގައި ބާރުގަދަ ކުރުމުގެ އިތުރުން ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެސް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

ޕްރިންސް ވިދާޅުވީ ސީރިއާއާ މެދު އިހްމާލްވުމަކީ ބައިނަލްއަގުވާމީ މުޖްތަމައުން ހެދި ގޯހެއް ކަމަށެވެ.

"އަޅުގަނޑަށް ގަބޫލް ކުރެވޭ ގޮތުގައި ނަތީޖާއެއް ފެނުމަށް ވުރެ ބޮޑަށް އެމެރިކާ އިން ކުރަން އުޅޭ ކަންތަކުން ނުކުންނާނީ އިތުރު ގޯސްތައް،" އޭނާ ވިދާޅުވި އެވެ.

ޕްރިންސް ފައިސަލް އަކީ ސައުދީ ސަރުކާރުގެ މަގާމެއް އަދާކުރައްވާ ބޭފުޅެއް ނޫނެވެ. އޭނާ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ސައުދީ އަރަބިއާ އަށް ވަޑައިގަތުމުގެ ކުރިންނެވެ.

ސީރިއާ އިން އެމެރިކާ ސިފައިން ބާލާ މައްސަލާގައި ޚިޔާލު ތަފާތުވެ ޚާރިޖީ ވަޒީރު ޖޭމްސް މަޓިސް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފަ އެވެ.