Roadha Mihaaru
ކޮރަލް ބުލެވާޑު އަޅަން ބަންދުކުރި މަގުތައް ހުޅުވަން ނިންމައިފި

ކޮރަލް ބުލެވާޑް އަޅަން ބަންދުކުރި މަގުތައް ހުޅުވަން ނިންމައިފި

16 ޖެނުއަރީ 2019

ކޮރަަލް ބުލެވާޑުުގެ ނަމުގައި ރަސްފަންނު ސަރަހައްދުގައި އަޅަން އުޅުނު ފްލެޓްތައް ހުޅުމާލެ އަށް ބަދަލުކުރަަން ނިންމުމުން، އެ ސަރަހައްދުގެ ބަންދު މަގުތައް އަލުން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮރަަލް ބުލެވާޑުުގެ ނަމުގައި ރަސްފަންނު ސަރަހައްދުގައި އަޅަން އުޅުނު ފްލެޓްތައް ހުޅުމާލެ އަށް ބަދަލުކުރަަން ނިންމުމުން، އެ ސަރަހައްދުގެ ބަންދު މަގުތައް އަލުން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު ވިދާޅުވީ، އެ މަޝްރޫއާ ހަވާލުވެފައިވާ ސިންގަޕޫރު ކުންފުނި ޗަންހުއާ ކޮންސްޓްރަކްޝަނުން އެ ސަރަހައްދު ހުސްކުރާ އިރަށް، ބަންދުކޮށްފައިވާ މަގުތައް އަލުން ހުޅުވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ފަށާނީ ސީދާ ކޮން ދުވަހަކު ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.

މި މަޝްރޫއު ތަރައްގީކުރަން ބަންދުކޮށްފައި ވަނީ ތަޖުއްދީން ސްކޫލުގެ ބިތްދޮށުން އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަކާއި ހިރިޔާ ސްކޫލާ ޖެހިގެން އޮންނަ ސަބުދެލި މަގެވެ.

"އެތަނަކު ނެތް މާބޮޑު މަސައްކަތެއްކޮށްފައެއް. އެތަން ހުސްކުރާ އިރަށް، އަޅުގަނޑުމެން އެތަން ބަންދުކުރަން ބޭނުންކޮށްފައި ހުރި ބިތްތައް ނަގައި، އެ ހިސާބުގަނޑު ހުޅުވާލާނަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގައިވާ ދެ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެ މަގުތައް ބަންދުކޮށްފައި ހުރުމުން ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެ ކައުންސިލުން ނިންމާފައި ވަނީ ވީހާ ވެސް އަވަހަކަށް އެ މަގުތައް ހުޅުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރަލް ބުލެވާޑް މަޝްރޫއުގައި 350 އެޕާޓްމެންޓާއި، ފިހާރަތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ތަރައްގީކުރަން ނިންމާފައި ވެ އެވެ. އެ ތަނުގެ ބިންގާ މިދިޔަ އަހަރުގެ ޖުލައި މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަޅުއްވައިދެއްވި އެވެ.