Roadha Mihaaru
ހިރާ ސްކޫލަށް ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް

ހިތަދޫ ހިރާ ސްކޫލަށް "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް" ލިބިއްޖެ

17 ޖެނުއަރީ 2022

އައްޑޫ ހިތަދޫ ހިރާ ސްކޫލް ހިންގުމުގައި ދެމެހެއްޓެނިވި ތަރައްގީ އަށް އަމާޒު ކޮށްގެން މަސައްކަތް ކުރާތީ ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" އެ ސްކޫލަށް މި އަހަރު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫ ހިރާ ސްކޫލް ހިންގުމުގައި ދެމެހެއްޓެނިވި ތަރައްގީ އަށް އަމާޒު ކޮށްގެން މަސައްކަތް ކުރާތީ ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" އެ ސްކޫލަށް މި އަހަރު ލިބިއްޖެ އެވެ.

ހިރާ އަށް އެ އެވޯޑް ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ.

ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް ދިނުމަށް ޔޫއޭއީގައި މިއަދު ބޭއްވި ހަފުލާގައި ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއިރު، ހިރާ ސްކޫލުން ހޯދި ކާމިޔާބީ އަށް އެ މަނިކުފާނު މަރުހަބާ ވިދާޅުވި އެވެ.

ރައީސްގެ ޓުވީޓް

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކާމިޔާބި އަކީ ކުރިމަގުގައި ހިރާ ސްކޫލުން ނުކުންނަ ދަރިވަރުން ސަސްޓެއިނަބިލިޓީ ލީޑަރުންނަށް ވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ހިރާ ސްކޫލަކީ ތިމާވެއްޓާ ރައްޓެހިކޮށް، ހިންގުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ތަނެކެވެ.

ޒައިދު ސަސްޓެނައިބިލިޓީ އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ނަމުގައި ދޭ އެވޯޑެކެވެ.