Roadha Mihaaru
"ފެންޓާސްޓިކް ބީސްޓްސް 3" ގެ ޝޫޓިން ފަސްކޮށްފި

"ފެންޓާސްޓިކް ބީސްޓްސް 3" ގެ ޝޫޓިން ފަސްކޮށްފި

21 ޖެނުއަރީ 2019

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައި އޮތް ވާނާ ބްރަދާޒްގެ ފެންޓަސީ ފިލްމު "ފެންޓާސްޓިކް ބީސްޓްސް" ގެ ސިލްސިލާގެ ތިން ވަނަ ފިލްމުގެ ޝޫޓިން ފެށުން ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައި އޮތް ވާނާ ބްރަދާޒްގެ ފެންޓަސީ ފިލްމު "ފެންޓާސްޓިކް ބީސްޓްސް" ގެ ސިލްސިލާގެ ތިން ވަނަ ފިލްމުގެ ޝޫޓިން ފެށުން ފަސްކޮށްފި އެވެ.

ވެރައިޓީން ބުނީ މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމުގެ ޝޫޓިން ފަށާނީ ސެޕްޓެމްބަރު މަހުގެ ފަހުން ކަމަށާއި އެކަން މިހާރު ފިލްމުގެ ކާސްޓާއި ކްރޫ އަށް ވެސް އަންގާފައިވާ ކަމަށެވެ. ނަމަވެސް ޝޫޓިން ފަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މީޑިއާތަކުން ބުނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށް އޮތް މި ފިލްމުގެ ޝޫޓިން ފަސްކޮށްފައިވާތީ، ފިލްމު ސިނަމާތަކަށް ގެނައުން ވެސް ފަސްވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ހެރީ ޕޮޓާ" ސީރީޒް ވެސް ލިޔުނު ލިޔުންތެރިޔާ ޖޭކޭ ރޯލުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "ފެންޓާސްޓިކް ބީސްޓްސް" ގެ ތިން ވަނަ ބައި ވެސް ޑައިރެކްޓްކުރާނީ ކުރީގެ ދެ ފިލްމު ވެސް ޑައިރެކްޓް ކުރި ޑޭވިޑް ޔޭޓްސް އެވެ.

މި ސީރީޒްގެ ފުރަތަމަ ފިލްމު "ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓް ފައިންޑް ދެމް" ގެނެސް ދިނީ 2016 ގަ އެވެ. އަދި ދެވަނަ ބައި "ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮގް ގްރެންޖެލްވާލްޑް" ގެނެސް ދިނީ މިދިޔަ އަހަރު އެވެ.

މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ހިމެނެމީ އެޑީ ރެޑްމޭން، ކެތުރީން ވޯޓަސަން، ޖޮނީ ޑެޕް، ޖޫޑް ލޯ އަދި އެޒްރާ މިލާ ފަދަ ތަރިންނެވެ.