Roadha Mihaaru
"ފެންޓާސްޓިކް ބީސްޓްސް 3" ގެއްލުނަސް ޑެޕަލް ފުލް މުސާރަ!

"ފެންޓާސްޓިކް ބީސްޓްސް 3" ގެއްލުނަސް ޖޯނީ ޑެޕަށް ފުލް މުސާރަ!

12 ނޮވެމްބަރ 2020

ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑަށް ގެވެށި އަނިޔާކުރި މައްސަލާގައި ވޯނާ ބްރަދާޒް އިން ޖޯނީ ޑެޕް "ފެންޓާސްޓިކް ބީސްޓްސް" ގެ ތިން ވަނަ ފިލްމުން ވަކިކުރި ނަމަވެސްް، އޭނާއާ އެކު ހެދި އެގްރިމަންޓާ އެއްގޮތަށް ފިލްމަށް އެއްބަސްވި 10 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑަށް ގެވެށި އަނިޔާކުރި މައްސަލާގައި ވޯނާ ބްރަދާޒް އިން ޖޯނީ ޑެޕް "ފެންޓާސްޓިކް ބީސްޓްސް" ގެ ތިން ވަނަ ފިލްމުން ވަކިކުރި ނަމަވެސްް، އޭނާއާ އެކު ހެދި އެގްރިމަންޓާ އެއްގޮތަށް ފިލްމަށް އެއްބަސްވި 10 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމު ދޫކޮށްލިކަން ޑެޕް މިދިޔަ ހުކުރު ދުވަހު އިއުލާންކުރީ، އަމިއްލަ އަށް ފިލްމުން ވަކިވާން ވޯނާ އިން ވެސް އެންގުމާ ގުޅިގެންނެވެ. "ފެންޓާސްޓިކް ބީސްޓްސް 3" އިން ޑެޕް ވަކިކުރި އިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ގައި އެ ފިލްމުގެ އެންމެ މަންޒަރެއް އޭނާ ޝޫޓްކޮށްފައިވެ އެވެ.

ފިލްމުން ޑެޕް ވަކިކުރަން ނިންމި މައިގަނޑު ސަބަބަކީ ގެވެށި އަނިޔާ ފަދަ ތުހުމަތުތައް ކުރެވޭ އެކްޓަރަކާ އެކު ފިލްމު ހަދައިފި ނަމަ، އޭގެ މާކެޓިން އަށް އަސަރުކޮށް، ވިޔަފާރި އަށް ވެސް ގެއްލުން ވެދާނެތީ އެވެ. ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި "ފެންޓާސްޓިކް ބީސްޓްސް 3" އަށް އެގްރިމަންޓް ހެދީ އެ ފިލްމަށް ދިމާވާ އެއްވެސް ކަމަކުން ފިލްމަށް އެއްވެސް ކަމެއް ދިމާވިޔަސް، އޭނާ އަށް ދޭން ޖެހޭ ފީ އެއްކޮށް ލިބޭ ގޮތަށެވެ. އަދި ފިލްމުން އޭނާ ވަކިކުރުމަކީ ވޯނާގެ ނިންމުމަކަށްވާތީ އެގްރިމަންޓާ އެއްގޮތަށް ފިލްމުން ލިބެން ޖެހޭ ފީ ޑެޕަށް އެއްކޮށް ދޭން ޖެހޭނެ އެވެ.

"ފެންޓާސްޓިކް ބީސްޓްސް 3" އިން ޑެޕް ވަކިކުރި އިރު، އެ ސީރީޒްގެ ކުރީގެ ދެ ފިލްމަކީ އޭނާ ވަރުގަދަ ރޯލްތަކެއް ކުޅުނު ދެ ފިލްމެވެ. އެއީ 2016 ގެ "ފެންޓާސްޓިކް ބީސްޓްސް: ވެއާ ޓު ފައިންޑް ދެމް" އާއި 2018 ގެ "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑެލްވާލްޑް" އެވެ.

މެޑްސް މިކެލްސަން.

މެޑްސް މިކެލްސަން.

"ހެރީ ޕޮޓާ" ގެ ލިޔުންޔެރިޔާ ޖޭކޭ ރޯލިންގެ "ފެންޓާސްޓިކް ބީސްޓްސް" ވާހަކަ ސީރީޒަށް ބިނާކޮށް ހަދާ ފިލްމުގެ ތިން ވަނަ ބައި އަންނަ އަހަރުގެ ފަހުކޮޅަށް ތާވަލުކޮށްފައިވާ އިރު، ޑެޕް ކުޅެމުން ދިޔަ ކެރެކްޓާ ޖެލަޓް ގްރިންޑެންވާލްގެ ކެރެކްޓާ އަށް މެޑްސް މިކެލްސަން ގެންނަން އުޅޭ ކަމަށް މީޑިއާތަކުން ބުންޏެވެ.

ޑެންމާކަށް އުފަން 54 އަހަރުގެ އެކްޓަރު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޖޭމްސް ބޮންޑް ސީރީޒްގެ "ކެސިނޯ ރޯޔޭލް" އާއި "ދަ ހަންޓް" އަދި "ޑޮކްޓާ ސްޓްރޭންޖް" ފަދަ ފިލްމުތައް ހިމެނެ އެވެ.