Roadha Mihaaru
ވަރުވާ އަށް ރަށްތައް ދޫކުރުން މެދުކަނޑާލައިފި

ވަރުވާ އަށް ރަށްތައް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި

22 ޖެނުއަރީ 2019

ވަރުވާ އަށް ރަށްތައް ދޫކުރުން ސަރުކާރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވަރުވާ އަށް ރަށްތައް ދޫކުރުން ސަރުކާރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ފިޝަރީސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން، އާންމުކޮށް އިއުލާނުކޮށް، ފަޅު ރަށްރަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ވަރުވާ އަށް ފަޅުރަށްތައް ހޯދުމަށް އެދި މި މިނިސްޓްރީ އަށް ފޯމު ހުށަހަޅައި، މިހާތަނަށް އެއްބަސްވުމުގައި ސޮއިނުކުރެވި ހުރި ރަށްތަކާ އެކު ސޮއިކުރުން ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުންޏެވެ.

ވަރުވާގެ އިތުރުން އެކިއެކި ބޭނުމަށް ދޫކުރާ ފަޅުރަށްތަކާ ގުޅޭ ކަންކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔައީ އެގްރިކަލްޗަރު މިނިސްޓްރީން ކަމަށް ވީ ނަމަވެސް މި ސަރުކާރުން ވަނީ އެ ކަންތައް އިކޮނޮމިކް މިނިސްޓްރީ ދަށަށް ބަދަލުކޮށްފަ އެވެ.

ރާއްޖޭގެ ރަށްތައް އެކި ބޭނުންތަކަށް ދޫކުރުން އިކޮނޮމިކް މިނިސްޓްރީން ބަދަލު ކޮށްފައިވާއިރު، ކުރިމަގުގައި އެ ބާރު ރަށްރަށުގެ ކައުންސިލްތަކަށް ދިނުމަށް ވިސްނަމުން އަންނަ ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ

ރާއްޖޭގައި 1،190 ރަށް އޮންނައި އިރު އޭގެ ތެރެއިން މީހުން ދިރިއުޅެނީ 186 ރަށުގަ އެވެ. އަދި 133 ރަށް، ރިސޯޓް ގޮތުގައި ހިންގާއިރު 140 ރަށް އަންނަނީ ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއް ވަނީ ވަރުވާ އަށް ދީފަ އެވެ.