Roadha Mihaaru
ގދ. އަތޮޅުން އިތުރު 27 ރަށެއް ވަރުވާ އަށް ދެނީ

ގދ. އަތޮޅުން އިތުރު 27 ރަށެއް ވަރުވާ އަށް ދެނީ

09 ފެބުރުއަރީ 2017

ގދ. އަތޮޅުން އިތުރު 27 ފަޅުރަށެއް ވަރުވާ އަށް ދޫކުރަން އިއްޔެ ހުޅުވާލައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ގދ. އަތޮޅުން އިތުރު 27 ފަޅުރަށެއް ވަރުވާ އަށް ދޫކުރަން އިއްޔެ ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، މި ރަށްތަކުގެ ބިޑު ފޯމު އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް އެ މިނިސްޓްރީން 20 ރުފިޔާ އަށް ގަންނަން ލިބެން ހުންނާނެ އެވެ. އަދި ޕްރޮސެސިން ފީ މި މަހުގެ 27 އިން އަންނަ މަހުގެ 2 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގދ. އަތޮޅުން މި ފަހަރު ވަރުވާ އަށް ދޫކުރަނީ:

1. އާކިރާހުއްޓާ (7.5 ހެކްޓަރު)

2. އެކުރުކާރަޓާ (10.98 ހެކްޓަރު)

3. އޮއިނިގިއްލާ (12.3 ހެކްޓަރު)

4. ވެލަގަލާ (1.9 ހެކްޓަރު)

5. މާރެހާ (1.3 ހެކްޓަރު)

6. ފަރެދޫ (0.8 ހެކްޓަރު)

7. ފާހުއްޓާ (3.1 ހެކްޓަރު)

8. ފާނަހުއްޓާ (0.2 ހެކްޓަރު)

9. ފެރޭތަވިލިގިއްލާ (1.4 ހެކްޓަރު)

10. ދަޓެކެރަނަހުއްޓާ (0.7 ހެކްޓަރު)

11. ދަޓެމުލައިދޫ (0.5 ހެކްޓަރު)

12. ދިއްމަނާ (0.6 ހެކްޓަރު)

13. ލިފަދޫ (2.2 ހެކްޓަރު)

14. ހަކަންޑޫ (5.8 ހެކްޓަރު)

15. ހަޑާދޫ (ދެ ހެކްޓަރު)

16. ހައްވެއްޔަރަޓާ (0.7 ހެކްޓަރު)

17. ހާދުވާ (7.9 ހެކްޓަރު)

18. ރާބަޑާފެހިރަޓާ (0.8 ހެކްޓަރު)

19. ކާފަރަޓާ (0.2 ހެކްޓަރު)

20. ކަންޑައްދޫ (0.5 ހެކްޓަރު)

21. ކަޅެރެހާ (8.5 ހެކްޓަރު)

22. ކަޑެވާރެހާ (4.3 ހެކްޓަރު)

23. ކުދެހާދުވާ (0.2 ހެކްޓަރު)

24. ކުދެބީރާހުއްޓާ (0.4 ހެކްޓަރު)

25. ކުދެމަތައިދުވާ (0.3 ހެކްޓަރު)

26. ކޮޑެގަލާ (4.71 ހެކްޓަރު)

27. އަތިހުއްޓާ (14.67 ހެކްޓަރު)

ގއ. އަތޮޅުން 17 ރަށެއް އަދި ގދ. އަތޮޅުން 50 ރަށެއް ވަރުވާ އަށް ދޫކުރަން މިދިޔަ އަހަރު ސަރުކާރުން ހުޅުވާލި އެވެ. އިއްޔެ އިއުލާނު ކުރި ރަށްތަކުގެ ތެރޭގައި ގދ. އަތޮޅުން މިދިޔަ އަހަރު ދޫކުރަން ހުޅުވާލި ރަށްތަކެއް ނުހިމެނެ އެވެ.

މީގެ އިތުރުން، ބ. އަތޮޅާއި އދ. އަތޮޅުގެ ބައެއް ރަށްތައް ވެސް ވަރުވާ އަށް ދޭން މިދިޔަ އަހަރު ހުޅުވާލި އެވެ.

އެކަމަކު، އޭގެ ތެރޭން މިހާތަނަށް ވަރުވާ އަށް ދޫކުރި ރަށްތަކެއް އަދި ސާފެއް ނުވެ އެވެ.

އިތުރު ރަށްތަކެއް ވަރުވާ އަށް ދޫކުރަން އިއުލާނު ކުރި އިރު، ވަރުވާ އަށް ދޫކުރާ ރަށްރަށުން ދައުލަތަށް ލިބޭ އާމްދަނީ ކުރިއަށް ވުރެ ވަރަށް ބޮޑު ތަން އިތުރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހޯމަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވި އިރު، ވަރުވާ އިން މި އަހަރު 3.2 މިލިއަން ރުފިޔާ އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުން އިތުރު 16 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.

ވަރުވާ އަށް ރަށްތައް ދޫކުރަނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަަށްރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތައް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފަޅުރަށްތަކުގެ ތެރޭން އެ މިނިސްޓްރީން ކަނޑައާޅާ ރަށްތަކެވެ. ވަރުވާ އަށް ރަށެއް ދޫކުރެވޭނީ އެންމެ ގިނަ ވެގެން 10 އަހަރަށެވެ.

ފަޅުރަށްރަށާ ބެހޭ ގަވާއިދަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގެ ދަށުން، ފަޅުރަށްތައް ދޫކުރުމާ ބެހޭ ގޮތުން ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ވަރުވާ ދޫކޮށްފައިވާ ފަޅުރަށްތައް ސަރުކާރަށް ނަގައި އާ ގަވާއިދުގެ ދަށުން ދޫކުރެވޭނެ އެވެ.