Roadha Mihaaru
ސުއޫދަށް ދައުވާ ކުރެވޭނީ ޕީޖީ އަށް އެކަނި: ނަޝީދު

މަރު ކޮމިޝަނުގެ ރައީސާ ދެކޮޅަށް ދައުވާ ކުރެވޭނީ ޕީޖީއަށް އެކަނި: ނަޝީދު

23 ޖެނުއަރީ 2019

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދާ ދެކޮޅަށް ދައުވާ ކުރެވޭނީ ދައުލަތުން އުފުލާ ދައުވާއެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެކަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދާ ދެކޮޅަށް ދައުވާ ކުރެވޭނީ ދައުލަތުން އުފުލާ ދައުވާއެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެކަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ސުއޫދާ ދެކޮޅަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ދައުވާ ކުރެވޭނީ ޕީޖީ އޮފީހުން ދައުވާ އުފުލުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެ ކޯޓުން އަންނަނީ ސުއޫދުގެ މައްސަލައެއް ބަލަމުންނެވެ.

ރައީސް ނަޝީދުގެ ޓްވީޓް

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު އެކުލަވާލައި އަމަލުކުރަމުން އަންނަ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވައިދުގައި ބުނެފައި ވަނީ އެފަދަ މައްސަލައެއް ރައްދުވާ ކޯޓުން އިސްނަގައިގެން މައްސަލަ ބެލޭނެ ކަމަށެވެ.

ބައެއް ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން ގޮތް ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ސުއޫދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ބާއްވަން ތާވަލްކުރި އަޑުއެހުން އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮޮމިޝަންގެ ރައީސް ކަން ކުރައްވާ ސުއޫދު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ބައެއް ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ސުއޫދުގެ އެ ތުހުމަތާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ނިންމައި، އެ މައްސަލައިގެ އިޖްރާއީ އަޑުއެހުމެއް އިއްޔެ މެންދުރު ބާއްވަން ތާވަލްކުރި އެވެ. އެ އަޑުއެހުން ކޯޓުން ކެންސަލްކުރީ ސުއޫދު ކޯޓަށް ހާޒިރުވި ފަހުންނެވެ.