Roadha Mihaaru
ނެޕީގައި ނުރައްކާތެރި ކެމިކަލެއް

ކުޑަކުދިންގެ ނެޕީގައި ނުރައްކާތެރި ކެމިކަލެއް

25 ޖެނުއަރީ 2019

ކުޑަކުދިން ޖަހާ ނެޕީގައި ނުރައްކާތެރި ކެމިކަލެއް އެކުލެވޭ ކަމަށް ޓެސްޓްތަކުން ދައްކާފައިވާ ކަމަށް ފްރާންސްގެ ނެޝަނަލް ހެލްތު އެޖެންސީ އެންސެސް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޑަކުދިން ޖަހާ ނެޕީގައި ނުރައްކާތެރި ކެމިކަލެއް އެކުލެވޭ ކަމަށް ޓެސްޓްތަކުން ދައްކާފައިވާ ކަމަށް ފްރާންސްގެ ނެޝަނަލް ހެލްތު އެޖެންސީ އެންސެސް އިން ބުނެފި އެވެ.

އެތަނުން ބުނީ ނުރައްކާވާ މިންވަރަށް ނެޕީތަކުން ކެމިލްގެ މާއްދާއެއް ކަމަށްވާ ގްލައިފޮސޭޓް ފެނިފައިވާ ކަމަށާއި އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ. އަދި މިކަމަށް ކަމާ ބެހޭ ފަރާތްތަކުން ވެސް ވީހާ އަވަހަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ނޫން ނަމަ ނެޕީގެ ސަބަބުން ތުއްތު ކުދިންނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތި ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެންސެސް އިން ބުނި ގޮތުގައި ނެޕީގައި އެކުލެވޭ ނުރައްކާތެރި ކެމިކަލްގެ ސަބަބުން ކުދިންގެ ހަންގަނޑަށް ގެއްލުވުންވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ކެމިކަލް ފެނުނީ ކޮން ބްރޭންޑްތަކެއްގެ ނެޕީއަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

މިއީ ނެޕީގެ ރައްކާތެރިކަމާ ބެހޭ ގޮތުން މިހާތަނަށް ހެދި މި ބާވަތުގެ ފުރަތަމަ ޓެސްޓެވެ.

އެންސެސްގެ އިންޒާރާ ގުޅިގެން ފްރާންސްގެ ހެލްތު މިނިސްޓަރު އެގްނޭޒް ބުޒީން ވިދާޅުވީ ނެފީތަކުން މި ވަގުތު ނުރައްކަލެއް ނެތް ކަމަށެވެ.

"މިހާތަނަށް އެކަހަލަ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައެއް ނެތް. އެހެންވެ މި ވަގުތު ދޭން އޮތް އިރުޝާދަކީ ކުރިއެކޭ އެއްގޮތަށް ނެޕީ ބޭނުން ކުރުމަކުން މައްސަލައެއް ނެތޭ،" މިނިސްޓަރު އޭއެފްޕީ އަށް ވިދާޅުވި އެވެ.

ނަމަވެސް ހެލްތާއި ފިނޭންސާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ނެޕީ އުފެއްދުމުގެ މަސައްކަތް ހަރުދަނާކޮށް، ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް ކުންފުނިތަކަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.