05 ޖެނުއަރީ 2022
މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅިން އާ ރެކޯޑްތަކަކާ އެކު އިތުރު ބިރުވެރިކަމެއް ކުރިމަތިކުރުވައިފި އެވެ.
މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅިން އާ ރެކޯޑްތަކަކާ އެކު އިތުރު ބިރުވެރިކަމެއް ކުރިމަތިކުރުވައިފި އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން އޭޝިޔާ އާއި އެފްރިކާގެ ގައުމުތަކުގައި ވެސް، އިއްޔެ އަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހުނު ދުވަސް ކަމަށް، ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ ހޯމަ ދުވަހަކީ އެމެރިކާގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.
ހޯމަ ދުވަހު އެކަނި ވެސް، އެމެރިކާ އިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވި އެވެ. މިއީ ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޮން ކިޔާ ބާވަތުގެ ވައިރަސް އެމެރިކާގައި ފެތުރެން ފެށި ފަހުން، މިހާ ގިނަ އަދަދެއްގެ މީހުންނަށް އެއް ދުވަހާ ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހޯމަ ދުވަހު އެ ގައުމުން ކޮވިޑަށް ޕޮޒިޓިވްވީ ޖުމްލަ 1،080،211 މީހުންނެވެ. ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ގޭގައި އަމިއްލަ އަށް ޓެސްޓު ހަދަމުން ދާތީ، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަށް ވުރެ މާބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އެއް ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއް މިލިއަނުން މައްޗަށް ދިއުމާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ، އެމެރިކާ ރައްޔިތުން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ބައިޑެން ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކޮށްގެން މިވަބާގެ ނުރައްކަލުން ސަލާމަތް ވެވޭނެ ކަމަށާއި، އޮމިކްރޮންގެ ނުރައްކަލުން ރައްކާތެރިވާނެ އާލާތްތައް އެމެރިކާގައި އެބަހުރި ކަމަށެވެ. އެހެންކަމުން ރައްޔިތުން އެ އާލާތްތަކުގެ ބޭނުން ހިފައިފި ނަމަ، އޮމިކްރޮންގެ ނުރައްކަލުން ސަލާމަތް ވެވޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން މި ހަފުތާގެ ހޯމަ ދުވަހާ ހަމައަށް، އެވްރެޖް ގޮތެއްގައި ކޮންމެ ދުވަހަކު، އެމެރިކާގައި އަލަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދަކީ 486،000 އެވެ.
ވިލާތުގެ އެހެން ގައުމުތައް ފަދައިން، ފަރަންސޭސި ވިލާތުގައި ވެސް ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ކޮވިޑުން ދިފާއުވުމުގެ ވެކްސިން ނުޖަހައި އުޅޭ މީހުންނަށް އަދަބު ދެއްވާނެ ކަމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން އިއްޔެ ވިދާޅުވި އެވެ.
ރައީސް މެކްރޯން ވިދާޅުވީ އެފަދަ މީހުންނަށް އަދަބު ދީ، ދިރިއުޅެން ދަތިވާވަރު ކުރައްވާނެ ކަމަށެވެ. އަދި މި ބަލިމަޑުކަމުން އަރައިގަނެވެންދެން، އެފަދަ މީހުންނަށް އަދަބު ދެއްވާނެ ކަމަށް ވެސް މެކްރޯން ވިދާޅުވި އެވެ.
މެކްރޯންގެ މި ވާހަކަތަކަށް އާންމު ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނި ގޮތުގައި ރައީސް މެކްރޯންގެ ވާހަކަތައް ހުރީ ރައީސެއްގެ ބަސްމަގު ހުރެގެންވާނެ ގޮތަކަށް ނޫނެވެ. ރައީސް މެކްރޯން މި މޭރުމުން އިންޒާރު ދެއްވީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުކަށިކުރުމަށް، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މަޖިލީހުން ފާސްނުކޮށް ލަސްކުރާތީ އެވެ.
އެ ބިލްގައިވާ ގޮތުން، ކޮވިޑް ވެކްސިން ޖަހާ މީހުންނަށް ހާއްސަ ފާހެއް ދޫކުރާނެ އެވެ. އެ ފާސް ނެތް މީހުން، ރެސްޓޮރަންޓްތަކާއި ފިހާރަތކާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ވަދެއުޅުން މަނާވާނެ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅި ހަރުކަށި ފިޔަވަޅުތަކާ އެކު އެ ބިލް ފާސްކޮށްފި ނަމަ މަރުގެ އިންޒާރުތައް އަންނަނީ ލިބެމުންނެވެ.
ރައީސް މެކްރޯން ވިދާޅުވީ މަޖުބޫރުކޮށްގެން ވެކްސިން ޖެހެން ނެތް ނަމަ، ދެން ކުރެވެން އޮތް ކަމަކީ، އާންމުން އެއްވެ އުޅޭ ތަންތަނަށް ވަނުމުގައި އިތުރު ހުރަސްތައް ކުރިމަތިކޮށްގެން، ވެކްސިން ޖަހަން ބާރު އެޅުމެވެ.
"ވެކްސިން ނުޖަހާ މީހުން ޖަލަކަށް ނުލާނަން. އެފަދަ މީހުންނަށް ބުނެލަން ބޭނުންވަނީ، ޖެނުއަރީ 15 އިން ފެށިގެން ރެސްޓޯރެންޓްތަކަށް ކަލޭމެންނަށް ނުވަދެވޭނެޔޭ. ކޮފީއަކަށް ނުދެވޭނެ، ސިނަމާއަކަށް ވެސް އަދި ތިއޭޓަރަކަށް ވެސް ނުވަދެވޭނެ،" ރައީސް މެކްރޯން ވިދާޅުވި އެވެ.
އިންޑިއާގައި ވެސް ކޮވިޑް ޖައްސާ އޮމިކްރޮން ބާވަތުގެ ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިވުމުގެ ގޮތުން، ކުރިއަށް އޮތް ހަފުތާ ބަންދުތަކުގައި ވެރިރަށް ނިއު ދިއްލީގައި ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ. މިފިޔަވަޅު މިއެޅީ އިއްޔެ ރެކޯޑް އަދަދަކަށް އެ ގައުމުގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އިންޑިއާގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، އިއްޔެ އެކަނި ވެސް 37،379 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން، 24 ގަޑިއިރުގެ ތެރޭގައި މިހާ ގިނަ ބަޔަކު ކޮވިޑް ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. މިއަދު ވަނީ 58,097 މީހުން ޕޮޒިޓިވްވެފަ އެވެ.
नए साल में उत्तराखंड नवनिर्माण के संकल्प के साथ देहरादून में ‘नवपरिवर्तन सभा’ | LIVE https://t.co/KEDZQDt4I1
— Arvind Kejriwal (@ArvindKejriwal) January 3, 2022
ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް މިދިޔަ ހޯމަ ދުވަހު އިންތިހާބީ އެއްވުމެއްގައި ވާހަކަ ދައްކަވަނީ
އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ހިމެނެ އެވެ. އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ބަލި ޖެހުނު ފަހުން މިހާތަނަށް ފެންނަން ފެށީ ވަރަށް އާދައިގެ އަލާމާތްތައް ކަމަށާއި، މިދިޔަ ދުވަސްތަކުގައި އޭނާއާ އެއްތަންވެފައިވާ މީހުން ކޮވިޑަށް ޓެސްޓުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޗީފް މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވްވީ، އުއްތަރުކަންދް ސްޓޭޓްގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ކެމްޕޭން އެއްވުމެއްގައި ބައިވެރިވެވަޑައިގެންނެވި ފަހުންނެވެ. އެ ބައްދަލުވުމުގައި، އެތައް ހާސް ބަޔަކު ބައިވެރިވި އިރު، ޗީފް މިނިސްޓަރު ވެސް އަދި އޭނާގެ އަރިހުގައި ސްޓޭޖް މަތީގައި ތިބި އެކަކު ވެސް މާސްކެއް ނާޅަ އެވެ.
ނިއު ދިއްލީގައި ކޮވިޑް ފެތުރުން އިތުރުވަމުން ދާތީ، މިދިޔަ ހަފުތާގައި ވަނީ ޖިމްތަކާއި ސިނަމާތައް ބަންދުކޮށްފަ އެވެ. އަދި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މިހާރުވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، ޒަރޫރީ މަސައްކަތްތައް ކުރާ މީހުން ފިޔަވައި އެހެން އެންމެން ވެސް، މި އަންނަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހުގެ ރެޔާ ހަމައަށް، ގެއިން ނުނުކުތުމަށް ވަނީ އަންގައިފަ އެވެ.
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ
ބައިޑެން އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
ބައިޑެންގެ އިންޒާރުން ވެސް މޯދީ ނުގުޑި
އިންޑިއާ އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ
ޕޫޓިންއާ މަޝްވަރާކުރައްވަން ބައިޑަން އެއްބަސް
އިންޑިއާގައި ކޮވިޑުގެ އަދަދުތައް 50 ހާހުން ދަށަށް