27 ޖެނުއަރީ 2019
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫނާއި ނަދީމް ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ ކުރީ މަޖިލިސް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ.
މައުމޫނާއި ނަދީމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި ވަނީ އެ ދެ ބޭފުޅުންނަށް ކުރި ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، އެ މައްސަލަ ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
މައުމޫނަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔައިރު، ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގައި މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ވެސް ކުރިން ކްރިމިނަލް ކޯޓުން އިއްވި އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
މައުމޫނާއި ނަދީމްގެ އިތުރުން މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވި ނަމަ، އެ ބޭފުޅުންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މައުމޫންގެ ހާލުކޮޅު ރަނގަޅެއް ނޫން: އާއިލާ
ޣައިރު ހާޒިރުގައި ޝަރީއަތް ހިންގަން މައުމޫން އެދިއްޖެ
މައުމޫނާ ދެކޮޅަށް ހުށަހެޅި ހެކިތައް ސިއްރުކޮށްފި
މައުމޫންގެ ޝަރީއަތުގެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި
މައުމޫންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް
މައުމޫންގެ ހެކިންގެ ލިސްޓް އޮތްގޮތުން ބަލައެއްނުގަތް
މައުމޫންގެ ދިފާއުގައި 100 އަށް ވުރެ ގިނަ ހެކިން
މައުމޫންގެ ބަންދަށް މިފަހަރު ވެސް ލުޔެއް ނުދިން
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި