Roadha Mihaaru
އީމެއިލް މެދުވެރިކޮށް ޖިނާއީ މައްސަލަތައް ފޮނުވޭނެ

އީމެއިލް މެދުވެރިކޮށް ޖިނާއީ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި

27 ޖެނުއަރީ 2019

އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދައުލަތުން ހުށަހަޅާ ޖިނާއީ މައްސަލަތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދައުލަތުން ހުށަހަޅާ ޖިނާއީ މައްސަލަތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި، ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް މައްސަލަ ހުށަހަޅަން އޮންނަ މުއްދަތުގައި މައްސަލަ ހުށަހެޅުމުގައި ދަތިތަކެއް ކުރިމަތިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އަވަސް ކަމާ އެކު އަދި ފަސޭހައިން ޖިނާއީ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭނެ ފުރުސަތު ދިނުމުގެ ގޮތުން އެ ސާކިއުލާގައި ހަމަޖައްސާފައިވަނީ ވަކި މުއްދަތެއްގައި ހުށަހަޅަންޖެހޭ މައްސަލަތަކުގެ އަސްލު ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމަށެވެ.

އޭގެފަހުން އެ ލިޔުންތަކުގެ އަސްލު ރަސްމީ ފަސް ދުވަސް ތެރޭގައި ކޯޓަަށް ހުށަހެޅުމުން އެ މައްސަލައެއް ބަލައިގަނެ ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ.