އާ ލޯގޯ އާއި ކުލަ ތައާރަފްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ން ކުރީ ބޭކާރު ޚަރަދެއް ނޫންތޯ ސުވާލު އުފައްދަވައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އެކަމަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
29 ޖެނުއަރީ 2019
އާ ލޯގޯ އާއި ކުލަ ތައާރަފްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ން ކުރީ ބޭކާރު ޚަރަދެއް ނޫންތޯ ސުވާލު އުފައްދަވައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އެކަމަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
އީސީގެ އާ ލޯގޯ އާއި ކުލަ ތައާރަފް ކުރަން ރަސްމިއްޔާތު ބޭއްވީ އަގުބޮޑު ހޮޓަލެއް ކަމަށްވާ ހޮޓެލް ޖެންގަ އެވެ. އެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް ފަރިއްކޮޅެއް ވެސް އޮތެވެ.
މި ރަސްމިއްޔާތާ ގުޅޭ ގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ސުވާލު އުފެއްދެވީ ބަޖެޓްގެ ދަތިކަން ހުރުމާ އެކު އެއީ ބޭކާރު ހަރަދެއް ކަމަށް ވިދާޅުވެ އެވެ.
Election Commission ge logo aai kula iulaan kurevvumah bodu jalsaaeh bavvavaa thikuravvanee beykaaru kharedheh noonbaa? Budget ge dhathikan hurumaaekuves! @ElectionsMv @FinanceGovMv
— Ahmed Muizzu (@AhmedMuizzu) January 28, 2019
މުއިއްޒުގެ ޓްވީޓް
އިލެކްޝަންސް ކޮމިޝަނަށް ބަޖެޓްގެ ދަތިކަން އެބައޮތް ކަމަށް މިރޭގެ ރަސްމިއްޔާތުގައި ވެސް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި އެވެ. ބަޖެޓްގެ ތާށިކަމުގެ ވާހަކަ ޝަރީފް ދެއްކެވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން އަންނަ އޭޕްރިލް މަހު ބާއްވާ އިންތިޚާބާ ގުޅުވައިގެންނެވެ.
އިލެކްޝަންްސް ކޮމިޝަންގެ އައު ލޯގޯ އާއި ކުލަ އިފްތިތާޙް ކޮށްފި pic.twitter.com/k6G3COQWAh
— Elections Commission (@ElectionsMv) January 28, 2019
އިލެކްޝަންސް ކޮމިޝަންގެ އާ ލޯގޯ އާއި ކުލަ ތައާރަފު ކުރުން.
ޝަރީފް ވިދާޅުވީ އިންތިޚާބަށް ކުރަން ޖެހޭ އިދާރީ ހުރިހާ މަސަައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިއްޖެ ކަމަށެވެ. ނަމަވެސް ބަޖެޓްގެ ތާށިކަން ހުރުމުން އެ ވާހަކަ ކަމާ ބެހޭ މުއައްސަސާ އަށް އަންގާފައިވާނެ ކަމަށާއި އިންތިހާބަށް ބޭނުންވާ އިތުރު ބަޖެޓް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ބޭނުންވާ ބަޖެޓުގެ ތާށިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މި މަހު ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމާ ވެސް ބައްދަލު ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނުން ހިމެނީ، މަޖިލީސް އިންތިޚާބަށް 123 މިލިއަން ރުފިޔާ ހަމަޖައްސައި ދޭށެވެ. އެކަމަކު ކޮމިޝަނާ މަޝްވަރާ ނުކޮށް، ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީން 43 މިލިއަން ރުފިޔާ އުނިކޮށް، އިންތިޚާބުގެ ބަޖެޓުގެ ގޮތުގައި ކަނޑައެޅީ 80 މިލިއަން ރުފިޔާ އެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިރޭ ވަނީ ހުޅުވާލާފަ އެވެ. އެކަން އިއުލާނު ކުރެއްވީ މިރޭގެ ރަސްމިއްޔާތުގައި ޝަރީފެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވައިލިކަން އިއުލާނު ކުރެއްވި ނަމަވެސް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާ ތާރީޚެއް ޝަރީފް ވިދާޅެއް ނުވެ އެވެ.
މަޖިލިސް އިންތިޚާބަށް 89 މިލިއަން ރުފިޔާ ބޭނުން
ވޯޓު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް
އޮފިޝަލުންނަށް ޕާޓީތަކުގެ މެމްބަރުން ހަރަކާތްތެރިވި!
ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ނެތް: ޝަރީފް
އިންތިޚާބުގައި ބާތިލް ވޯޓު 4800 އަށް ވުރެ ގިނަ
ސައްހަ ގިނަ ވޯޓުތަކެއް ބާތިލު ކުރުމުން ފިޔަވަޅު އަޅަނީ
އިންތިޚާބުގައި ނުކުންނަ މައްސަލަތައް މަދުވާނެ: އީސީ
އިންތިޚާބު އޮޅުވާލަން ފުރުސަތެއް ނެތް: ޝަރީފް
އިންތިހާބުގައި ވާދަކުރާނީ 395 މީހުން
ޕީޕީއެމްގެ ފައިސާ ދޫކޮށްދޭން ފިނޭންސްގައި އެދެނީ