Roadha Mihaaru
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ވެސް މައްޗަށް

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ވެސް މައްޗަށް

30 ޖެނުއަރީ 2019

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި އެސްޓީއޯގެ އާމްދަނީ 2.6 ބިލިއަން ރުފިޔާއަށް އަރައި ކުރީ ކުއާޓާއާ އަޅާބަލާއިރު ފައިދާ ވެސް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި އެސްޓީއޯގެ އާމްދަނީ 2.6 ބިލިއަން ރުފިޔާއަށް އަރައި ކުރީ ކުއާޓާއާ އަޅާބަލާއިރު ފައިދާ ވެސް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގެ އާމްދަނީ ވަނީ ތިން ވަނަ ކުއާޓައާ އަޅާބަލާއިރު 168 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެހެންވެ އެއީ ގާތްގަނޑަކަށް ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެޔޮ ވިއްކި އަދަދު އިތުރުވުމެވެ. މީގެ އިތުރުން އެސްޓީއޯގެ އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. ތެލުގެ ވިޔަފާރީގެ އާމްދަނީން ހަ ޕަސެންޓް އިތުރުވެ، އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ހަތް ފަސެންޓް އިތުރުވި ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި އާމްދަނީއާ އެކު، ތިން ވަނަ ކުއާޓާއާ އަޅާބަލާއިރު ފައިދާ ވެސް 49 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިއީ ތިން ވަނަ ކުއާޓާއާ އަޅާބަލާއިރު 17 ޕަސެންޓްގެ އިތުރުވުމެކެވެ.

އެސްޓީއޯ އިން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވެސް އެ ކުންފުނިން އެންމެ ބޮޑަށް މަސައްކަތްކުރީ ތެލުގެ އަގު އެއް ހަމައެއްގައި ހިފަހައްޓައި، ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރަން ކަމަށެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ފައިދާ ޓެކްސްއަށް ނުކަނޑާ 88 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާ އިރު 57 ޕަސެންޓްގެ ކުރިއެރުމެކެވެ.