އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 80ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
12 ޖުލައި 2024
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 80ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ އަދަދު ފާސްވީ، ޖަލްސާގައި ބައިވެރިވި މީހުންގެ 99 ޕަސެންޓު ވޯޓުންނެވެ. މިރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 189 ހިއްސާދާރަކު ބައިވެރިވި އެވެ.
މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ފާސްކުރި 80ރ. އަކީ މިދިޔަ އަހަރު ފާސްކުރި އަދަދަށް ވުރެ 3ރ. ބޮޑު އަދަދެކެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް އެ ކުންފުނިން ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައި ވަނީ 77ރ. އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ އަދަދަކީ 819 މިލިއަން ރުފިޔާ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާ އަކީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓު އިތުރު އަދަދެކެވެ.
މިރޭގެ ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ނިންމުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖެއްސި އެވެ. އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 65،500 ޑޮލަރު (101،2630 ރުފިޔާ) ދިނުމަށް ވަނީ ނިންމާފަ އެވެ.
އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ
އެސްޓީއޯ އަށް 800 މިލިއަން ރުފިޔާގެ ފައިދާއެއް
ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން 2ބިމެއް
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އޭޖީއެމަށް އެސްޓީއޯއިން ޕޯޓަލްގެސެކިއުރޓީ ވަރުގަދަކޮށްފި
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެސްޓީއޯ ހޮޓަލަށް އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި
އެސްޓީއޯގެ ހިއްސާއަަކަަށް 65ރ. ބަހަން ނިންމައިފި
ރުޝްމާ، އެސްޓީއޯގެ ބޯޑުގައި އިތުރު ދައުރަކަށް