މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 574 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 574 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުން އެ ދެ ވަނަ ކުއާޓާގެ ފައިދާ އަކީ އޭގެ ކުރީ ކުއާޓާއަށް ވުރެ ދެ ޕަސެންޓުގެ ދަށްވުމެކެވެ. ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ ކުއާޓާ އަށް ވުރެ 12 ޕަސެންޓުގެ ދަށްވުމެކެވެ.
ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި އެ ކުއާޓާގައި ތެލުގެ ޑިމާންޑް ދަށްވުމާ ގުޅިގެން ކަމަށް އެކުންފުނިން ބުންޏެވެ. ތެލުގެ ވިޔަފާރިއަކީ އެކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ދާއިރާ އެވެ.
ތެލުގެ ވިޔަފާރި ދަށްވި ނަމަވެސް، އެކުންފުނީގެ އެހެން ވިޔަފާރީގެ އާމްދަނީ އިތުރުވި ކަމަށް އެސްޓީއޯއިން ބުންޏެވެ.
ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާ ވެސް ވަނީ ދަށްވެފަ އެވެ. ނަމަވެސް އިންވެސްޓްމަންޓް އިންކަމް އިތުރުވުމާ އެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްސްއަށް ކެނޑުމުގެ ކުރިން އެ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި ވަނީ 198 މިލިއަން ރުފިޔާ ލިބިފަ އެވެ.
މިދިޔަ އަހަރު ކުންފުންޏަށް ފައިދާގެ ގޮތުގައި 741 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2023 ވަަނަ އަހަރަށް ވުރެ 10 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރު ކުންފުނީގެ ފައިދާގެ ގޮތުގައި 812 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަން ފައިދާ
އެސްޓީއޯގެ ބަންކަރިން ވިޔަފާރިއަށް ބަދަލުތަކެއް ގެންނަނީ
އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރަނީ
ޖަލްސާ ނިންމާފައި ގެއަށް ދިޔައީ "ފައިދާ" ހިފައިގެން!
މިއަހަރު ވެސް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަަކަށް 80ރ
އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބަހަން ނިންމައިފި
އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ
އެސްޓީއޯ އަށް 800 މިލިއަން ރުފިޔާގެ ފައިދާއެއް
ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން 2ބިމެއް
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި