01 ފެބުރުއަރީ 2019
މިދިޔަ އަހަރުގެ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަކީ ހުދުމުހުތާރު ވެރިކަމެއްގެ މައިބަދަ ބިންދައިގެން ދިޔަ ތާރީހީ އަމުރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަކީ ހުދުމުހުތާރު ވެރިކަމެއްގެ މައިބަދަ ބިންދައިގެން ދިޔަ ތާރީހީ އަމުރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ކުއްލި އަމުރު ނެރުނުތާ އެއް އަހަރު ފުރުމާ ގުޅުވައިގެން ކުރެއްވި ޓްވީޓުގަ އެވެ.
ސުޕްރީމް ކޯޓުގައި އޭރު ތިިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖަލު ހުކުމް އިއްވާފައިވާ އިދިކޮޅު ތިން ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕީޖީ މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލު ވަގުތުން މިނިވަން ކުރުމަށެވެ.
One year ago today Maldives Supreme Court issued its landmark decision of 1st February 2018 ordering government to release all political prisoners and restore democratic rule. A historic order that broke the backbone of a tyrannical regime.
— Maumoon Abdul Gayoom (@maumoonagayoom) February 1, 2019
ނަމަވެސް އެ އަމުރު ތަންފީޒުކުރަން ދެކޮޅު ހައްދަވައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތެވެ. ކުއްލި ހާލަތު އިއުލާނުކުރެއްވުމަށްފަހު އޭރު މިނިވަންކޮށް ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު މައުމޫން ހައްޔަރުކުރެއްވި އެވެ. އޭގެ އިތުރުން އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކުރެއްވި އެވެ.
އެ ބޭފުޅުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އާއި ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ދައުވާތައް ކުރި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނީ އެ އަމުރު ނެރުނީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލައި ރާވައިގެންކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން: ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެ ހުރިހާ ބޭފުޅުން ވެސް ހައްޔަރުކޮށްފައިވޭ---ފޮޓޯ: ނިޝާން އަލީ/މިހާރު
ސިޔާސީ މަންޒަރު ބަދަލުވެގެން ދިޔަ އަމުރަށް އަހަރެއް ވެގެންދިޔައިރު، ޖަލުގައި މިވަގުތު ހުންނެވީ އަދީބު އެކަންޏެވެ. ބާކީ ތިއްބެވި ބޭފުޅުން ވަނީ، މިދިޔަ ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ކޯޓުން ދޫކޮށްލައިފަ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ކޮށްފައިވާ ބައެއް ދައުވާތައް ވެސް ވަނީ އަނބުރާ ގެނެސްފަ އެވެ.
ލީޑަރުން މިނިވަންކުރުމުގެ އިތުުރުން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އޭރު ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ވެސް ކޯޓުން އަމުރުކުރި އެވެ.
ފަނޑިޔާރުންނާއި މައުމޫނަށް ޓެރަރިޒަމްގެ ދައުވާ
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި
ވެރިކަން ވައްޓާލަން އުޅުނީ މައުމޫނު އިސްވެ: ޔާމީން
"1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން"
މައުމޫންގެ ހެއްކާ ގުޅޭ ޓްވީޓް ޑިލީޓް ކުރައްވައިފި
ސިއްރު ހެކި ބަހަކީ އޮންނަ އެއްޗެއް ނޫން: މައުމޫން
އިންތިހާބުގެ މައްސަލައަށް ތަދައްޚުލްވުމުގެ ފުރުސަތު ދީފި
ވޯޓަކީ ރައްޔިތުންގެ ހުކުމް، އެ ހުކުމާ ނުބެހޭތި!
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް